މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ފެން ލީކުވުމުގެ މައްސަލަ ޙައްލުކުރުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުންފުނީގެ މައި ޢިމާރާތުގެ ބައެއް ތަންތަނުން ފެން ލީކުވުމުގެ މައްސަލައެއް ދިމާވަމުން ދާތީ އެކަން ޙައްލު ކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޭޕްރިލް 12 ވާ އަންގާރަ ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޭޕްރިލް 18 ވާ ހޯމަ ދުވަހުގެ 14:00 އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަން ނޯޓު ކުރައްވާ ފަރާތްތަކަށެވެ.

22 ޖުމާދަލްއާޚިރާ 1437

 

31 މާރިޗު 2016
ހޯދާ