ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު އައުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު އައުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 2016 މާރިޗު 28 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ބަދަލުގެންނަވާފައެވެ. އެގޮތުން، ކުންފުނީގެ ޑިރެކްޓަރު ކަމުގެ މަޤާމުން އަލްފާޟިލް ޢަބްދުލް ޙާދީ ހުސެއިންފުޅު، ދަފްތަރު ނަންބަރު 1285 އަދި އަލްފާޟިލް އިބްރާހިމް ޒިޔަތު، ހ. އާހަމަ ވަނީ ވަކިކުރައްވާފައެވެ.

އަދި ހަމަމިއާއެކު، 2016 މާރިޗު 28 ވަނަ ދުވަހުން ފެށިގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އަލްފާޟިލާ ޢާއިޝަތު ރަޔާޙީން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ އަދި މި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު މިހާދު، ފިނޮޅު، ހއ. ކެލާ ވަނީ ބޯޑަށް އައްޔަންކުރައްވާފައެވެ.

ވީމާ، މިކަން ކުންފުނީގެ ހިއްސާދާރުންނާއި ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އެންގީމެވެ.

22 ޖުމާދަލްއާޚިރާ 1437

 

 

31 މާރިޗު 2016
ހޯދާ