ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ބިން ކުއްޔަށް ދޫކުރުން

އެކިއެކި ވިޔަފާރި ކުރުމަށްޓަކައި މިރަށުން 08 ބިމެއް ކުއްޔަށް ދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު401-IUL(MU)/2016/19  (15 މާރިޗު 2016) އިޢުލާނާ ގުޅިގެން ފޯރުކޮށްދެވިފައިވާ މަޢުލޫމާތުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެވޭތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  • ބިން ކުއްޔަށް ދޫކުރުމުގައި ތިރީގައިމިވާ ކަންތައްތަކަށް ބެލޭނެއެވެ.

1- މިހާރު ބިމެއް ލިބިފައިވާ ފަރާތްތަކަށާއި، ލިބިފައިވާ ބިން ވަކިކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

2- އެއްވެސް ފަރާތަކަށް އެއް ބިމަށްވުރެ ގިނަ ބިމެއް ދުލެއް ނުކުރެވޭނެއެވެ. ނަމަވެސް ކޮންމެ ބިމަކަށްވެސް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

3- އިތުރު ތަފުސީލު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަތުމުން ލިބޭނެއެވެ.

  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފުސީލު

ބިމުގެ #

ބިންއޮތް ތަން

ބިމުގެ ބޮޑުމިން

ކުއްޔަށްދޭ ބޭނުން

17

ހުރަވީމަގުގެ އުތުރުފަޅީގައި، ނައިރާ އިންޖިނިއަރިންގގެ ހުޅަގުފަރާތުގައި

2000 އަކަފޫޓު

ޢާންމު ވިޔަފާރިކުރުމަށް

18

ހުރަވީމަގު އުތުރުފަޅީގައި، 17 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި

2000 އަކަފޫޓު

ޢާންމު ވިޔަފާރިކުރުމަށް

19

ޝަހީދުޢަލީ މަގުގެ ދެކުނުފަޅީގައި، 14 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި

2000 އަކަފޫޓު

ޢާންމު ވިޔަފާރިކުރުމަށް

21

ޝަހީދުޢަލީ މަގުގެ ދެކުނުފަޅީގައި، 19 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި

2000 އަކަފޫޓު

ޢާންމު ވިޔަފާރިކުރުމަށް

22

ނަފާގޯޅީގެ އުތުރުފަޅީގައި، 23 ނަންބަރު ބިމުގެ ހުޅަނގު ފަރާތުގައި

2150 އަކަފޫޓު

ތެޔޮ ވިއްކުމަށް

23

ނަފާގޯޅީގެ އުތުރުފަޅީގައި، 22 ނަންބަރު ބިމުގެ އިރުމަތި ފަރާތުގައި

2150 އަކަފޫޓު

ޢާންމު ވިޔަފާރިކުރުމަށް

24

ސިރާޖުއްދީނުމަގުގެ އިރުމަތިފަޅީގައި، އުއްމީދު ގޯތީގެ އުތުރުގައި

1920 އަކަފޫޓު

ޢާންމު ވިޔަފާރިކުރުމަށް

25

ލިލީމަގުގެ އިރުމަތި ފަރާތުގައި އޮންނަ ހުސް ބިން

1920 އަކަފޫޓު

ޢާންމު ވިޔަފާރިކުރުމަށް

ވީމާ، މިބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.

31 މާރިޗު 2016
ހޯދާ