ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
ކައުންސެލަރ އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކައުންސެލަރ އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ގއ. ނިލަންދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނިލަންދޫ ސްކޫލުގެ އެކަޑެމިކް ސެކްޝަން              

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްކޫލުގައިތިބި އިތުރު / ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޒިންމާތައް ފުރިހަމައަށް ނަގައި، ތަކުރާރުކޮށް އަޚްލާޤީ މައްސަލަ ދިމާވާ ދަރިވަރުންގެ މައްސަލަތައް ބެލުން. އެގޮތުން އެފަދަ އެހީ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުމަށް ފައިލްތައް ތައްޔާރުކޮށް، ގަވާއިދުން ބަލަހައްޓަމުން ގެންދިޔުން.
  • ކުލާސްތަކަށްގޮސް އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްތައް ކައިރިން ބަލައި، އެކަންތައްތައް ރެކޯޑްކުރުން.
  • އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންނާއި، އަޚްލާޤީ މައްސަލަ ހުންނަ ދަރިވަރުންގެ މަޢުލޫމާތު ޓީޗަރުންނާ ހިއްސާކޮށް، އެފަދަ ދަރިވަރުންގެ ޓީޗަރުންނާ ގާތް ގުޅުމެއް ބޭއްވުން.
  • އަޚްލާޤީގޮތުންނާއި  އެހެނިހެން  ގޮތްގޮތުން  ކައުންސެލިންގ  ބޭނުންވާ  ދަރިވަރުންނަށް،  ކަނޑައެޅިފައިވާ  އުޞޫލެއްގެމަތިން  ކައުންސެލިންގެ  އެހީފޯރުކޮށްދީ،  އެ  ދަރިވަރުންނާބެހޭ  ލިޔެކިޔުންތައް  ރަނގަޅަށް  ބެލެހެއްޓުން.
  • ޚާއްޞަ އެހީއަށް ބޭނުންވާނެ ކުދިން ބަލަހައްޓާނެ ގޮތާއި، އެކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭފަދަ ވޯރކްޝޮޕާއި، ސެމިނާރުތައް، ސްކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައި ހިންގައިދިނުން.
  • ސްކޫލުގެ ޞިއްޙީ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވެދިނުން.
  • ސްޓާފުންނަށް ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވެ، އެ ބައްދަލުވުންތަކުގައި ބައިވެރިވުން.
  • ގްރޭޑް 6،7 ގެ ދަރިވަރުންނަށް ލައިފް ސްކިލްސް ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން.
  • ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންތައްތަކަށް ބޭނުންވާ ބަޖެޓް ތައްޔާތުކޮށް، ހިނގާ އަހަރުގެ ޖޫން 10 ވަނަ ދުވަހުގެ ކުރީން އިދާރާއަށް ހުށަހެޅުން.
  • ސްކޫލުގައި ދަރިވަރުންނަށް އުނގެނޭނެ އަދި މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ފަދަ ރައްކާތެރި ރަނގަޅު މާޙައުލެއް ޤާއިމްކުރަން މެނޭޖްމަންޓާއެކު މަސައްކަތްކުރުން.
  • ކަންތައްތައް އަމިލައަށް ފެނިގެން ކުރުމުގެ ރޫޙު އިތުރުކޮށް، ޓީޗަރުންނާއި ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  • އަމިއްލަ ނަފްސު ކުރިއަރުވައި ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  • ސްކޫލަށް އެންމެ ފައިދާވާނެ އަދި ސްކޫލްގެ ނަން ކުރިއަރުވަން މަސައްކަތްކުރުން.
  • ސްކޫލުގައި ހިންގޭ މުހިއްމު ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  • ކޮންމެ ޓާމެއް ނިމުމުން، ކުރަމުންދާ މަސައްކަތުގެ ތަފުޞީލް ރިޕޯޓެއް ޕްރިންސިޕަލަށް ހުށަހެޅުން.
  • ދަރިވަރުންނާބެހޭ ބޮޑެތި ކަންތައްތައް ނިންމުމުގައި ޕްރިންސިޕަލްގެ ލަފަޔާއި މަޝްވަރާގެމަތިން ކަންތައްތައް ނިންމުން.
  • ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ސިވިލް ސަރވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމްކުރުމާއެކު، އެއާ އެއްގޮތަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠު:                                                                                   

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ބަލަހައްޓަންޖެހޭ ގްރޭޑާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަކުން އެ މުވައްޒަފު މިހާރު ވަޒީފާ އަދާކުރާ މުއައްސަސާއަކުން އެ މުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރި ގޮތް ބަޔާންކުރާ ފޯމު" ހުށަހަޅާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.  

އިންޓަވިއު ކުރުން:

ހ. އިންޓަވިއު އޮންނާނީ، 10 އެޕްރީލް 2016 އާއި 12 އެޕްރީލް 2016 އާ ދެމެދުގެ ދުވަހެއްގައި ނިލަންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، މަޤާމަށް އެދޭ ސިޓީއާއެކު، 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް، ނިލަންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. އީ މެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނިލަންދޫ ސްކޫލުގެ 7983074 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

21 ޖުމާދަލްއާޚިރާ 1437

30 މާރިޗު 2016
ހޯދާ