ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން 

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް 

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ގއ. ނިލަންދޫ ސްކޫލް 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނިލަންދޫ ސްކޫލުގެ އެކަޑެމިން ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ލައިބްރަރީގެ "ރޫލްސް" ތައްޔާރުކޮށް ދަރިވަރުންނާއި ޓީޗަރުންނާއި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފެންނާނެހެން ބަހައްޓައި، އެއަށް އަހުލުވެރިކުރުވުމާއި، ލައިބްރަރީން ފޮތްދޫކޮށް ބަލައިގަތުމާއި، އޭގެ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.

2. ސްކޫލުގައި ކިޔެވުން އޮންނަ ދުވަސްތަކުގައި ލައިބްރަރީ ހުޅުވާފައި ބެހެއްޓުމާއި، ސްކޫލުން ހަވާލުކުރާ ޝެޑިއުލާ އެއްގޮތަށް ލައިބްރަރީ ކްލާސްތައް ނެގުމުގައި ޓީޗަރުންނަށް އެހީތެރިވެ އެކަމަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުން.

3. ލައިބްރަރީ ފޮތްތަކުގައި ބޭރުގަނޑު ލައި، ތަރުތީބު ނަންބަރާއި ތައްގަނޑުޖަހައި، ލޭބަލްކޮށް، ލައިބްރަރީ ފޮތްތައް ގްރޫޕްކޮށް، ފިކްޝަން، ނޮންފިކްޝަން، ރިފަރެންސް ފޮތްތައް އެނގޭނެހެން އަތުރައި ތަރުތީބުކޮށް ބެލެހެއްޓުމާއި، ލައިބްރަރީން ފޮތް ދޫކޮށް ބަލައިގަންނާނެ އުޞޫލެއް ތައްޔާރުކޮށް، އެއާ އެއްގޮތަށް ދަރިވަރުންނާއި، ޓީޗަރުންނަށް ލައިބްރަރީގެ ޚިދުމަތް ދިނުން އިންތިޒާމްކުރުން.

4. ލައިބްރަރީއަކީ ތަރުތީބު ތަނަކަށް ހެދުމާއި، ސާފުތާހިރު ތަނަކަށް ހެދުމާއި، ކޮންމެ ދުވަހަކު ލައިބްރަރީ ފޮތްތައް ތަރުތީބުކުރުމާއި، މަސައްކަތުމީހުންގެ އެހީތެރިކަމާއެކު ލައިބްރަރީގެ ފޮތްހަރުގަނޑުތަކާއި، ތަޅުންގަނޑުގައި ފެންފޮތިލައި، ދޮރުތަކާއި ދޮރުފަތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

5. ދަރިވަރުންގެ މެދުގައި ފޮތްކިޔުމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި، ދަރިވަރުން ފޮތްކިޔަން އަހުލުވެރިކުރުވުމަށްޓަކައި، އެކަޑަމިކް ސްޓާފުންނާ ގުޅިގެން ރީޑިންގ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ އެންމެ ފަހުގެ ފޮތްތައް (ދަރިވަރުންގެ ކިޔެވުމާ ގުޅުންހުރި އެކިލެވެލްތަކުގެ ފޮތްތަކާއި ރިފަރެންސް ފޮތްތައް) ދެނެގަނެ، އެ ފޮތްތައް މެނޭޖުމަންޓަށް ހުށަހަޅައިގެން ހޯދުން.

6. ޒަމާނީ މިންގަނޑުތަކަށް ލައިބްރަރީގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި، ސްކޫލުގެ ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދާ ފޮތްތަކާއި ތަކެތި ބަލައިގަނެ، އެންޓްރިކޮށް އިންވެންޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.

7. ދުވަހުން ދުވަހަށް ހިންގޭ ލައިބްރަރީ ހަރަކާތްތަކާއި، ދުވަހުން ދުވަހަށް ލައިބްރަރީ ބޭނުންކުރެވޭ ގޮތުގެ ޔައުމިއްޔާ ލިޔެ، ލައިބްރަރީ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ ޓާމަކު އެއްފަހަރު ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން.

8. ކޮންމެ ދިރާސީ އަހަރަކަށް ދަރިވަރުންނަށް ހޯދާ ޓެކްސްޓް ފޮތްތައް ބަލައިގަނެ، ފޮތް ދޫކުރާ ކޮމެޓީގެ ބެއްލެވުމުގެދަށުން ދަރިވަރުންނަށް ފޮތްދޫކުރުމާއި، ދިރާސީ އަހަރު ނިމުމުން އެ ފޮތްތައް އަނބުރާ އަތުލައި، ރެކޯޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޓީޗަރުންނަށް ބޭނުންވާނެ ޓެކްސްޓް ފޮތްތަކާއި، ރިފަރެންސް ފޮތްތައް ކޮންމެ އަހަރެއް ފެށޭއިރު ދޫކުރުމާއި، އަހަރުނިމުމުން އެ ފޮތްތައް އަނބުރާ ހޯދުން.

9. ސްކޫލުގައި ބާއްވާ އެކިބައްދަލުވުންތަކާއި، ފާހަގަކުރާ އެކި މުނާސަބަތުތަކަށާއި ލިސްނިންގ ކްލާސްތަކަށާއި ލިސްނިންގ ޓެސްޓްތަކަށް ބޭނުންވާނެ ސައުންޑް ހެދުމާއި، އެފަދަ ކަންތައް ބާއްވާނެ ތަންތަން ތައްޔާރުކުރުމަށް ބޭނުންވާނެ އިންތިޒާމުތައް ކުރުމާއި، އެސެމްބްލީގަޑީގައި ސައުންޑާއި ސްކޫލް ލަވައާއި، ބެލްޖެހޭނެ އިންތިޒާމް ހަމަޖެއްސުން.

10. ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ދިމާވާ ކުއްލި ކަންތައްތަކުގައި ބައިވެރިވުމާއި، ތިމާއަށް ލިބިފައިވާ އެކިހުނަރުތަކުގެ ބޭނުން ސްކޫލަށްޖެހިއްޖެ ހިނދެއްގައި އެކަމެއްގައި ސްކޫލަށް އެހީތެރިކަންދީ، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'އީ'  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނެއްގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ބަލަހައްޓަންޖެހޭ ގްރޭޑާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަކުން އެ މުވައްޒަފު މިހާރު ވަޒީފާ އަދާކުރާ މުއައްސަސާއަކުން އެ މުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރި ގޮތް ބަޔާންކުރާ ފޯމު" ހުށަހަޅާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.  

އިންޓަވިއު ކުރުން:

ހ. އިންޓަވިއު އޮންނާނީ، 10 އެޕްރީލް 2016 އާއި 14 އެޕްރީލް 2016 އާ ދެމެދުގެ ދުވަހެއްގައި ނިލަންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، މަޤާމަށް އެދޭ ސިޓީއާއެކު، 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް، ނިލަންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. އީ މެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނިލަންދޫ ސްކޫލުގެ 7983074 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

21 ޖުމާދަލްއާޚިރާ 1437

30 މާރިޗު 2016
ހޯދާ