ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
ފަރުނީޗަރު ގަތުމަށް

އިޢުލާން

ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ

އ.އ. ބޮޑުފޮޅުދޫ މަދަރުސާގެ 6 ކްލާސްރޫމް އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ކުރި GS149/2016/06 ނަމްބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލުން

އ.އ ބޮޑުފޮޅުދޫ މަދަރުސާއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެ.

6 ވައިޓްބޯޑު

6 ނޯޓިސްބޯޑު (ފެބްރިކް)

6 ޓީޗަރސް މޭޒު

150 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)

6 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)

150 ސެކަންޑަރީ ޑެސްކު

6 ގަޑި ފާރުގައި ބަހައްޓާ

6 ޑަސްބިން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އ.އ ބޮޑުފޮޅުދޫ މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން އ.އ ބޮޑުފޮޅުދޫ މަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އެޕްރީލް 13 ވަނަ ދުވަހުގެ 13:00 އަށް

2016 އެޕްރީލް 24 ވަނަ ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660841, ނަންބަރު ފޯނާއެވެ.

30 މާރިޗު 2016
ހޯދާ