ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޖެނެރަލް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: އެސިސްޓެންޓް ޖެނެރަލް މެނޭޖަރ

މަސައްކަތްކުރާ ޑިޕާޓްމަންޓް: ބިޒްނަސް ޑިވެލެޕްމެންޓް

ބޭނުންވާ އަދަދު:1 (އެކެއް)

މުސާރަ: މަހަކު -/17،000 ރުފިޔާ

އެލަވަންސް: މުސާރައިގެ އިތުރުން، ކުންފުނިން ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑުގެ މާލެ އޮފީސް 

ފެންވަރު ނުވަތަ ޝަރުޠު: 

  •  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން، ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުން.
  • ބިޒްނަސް ޑިވެލްޕްމެންޓާ ގުޅުންހުރި ދާއިރާއަކުން މެނޭޖެރިކަލް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ހަދަންޖެހޭ އެންމެހައި ޕްލޭންތައް ހެދުމާއި، މާކެޓް ރިސަރޗް ހެދުން.
  • ކުންފުނިން ވިޔަފާރިކުރެވޭނެ އެކިއެކި މަގުތައް ހޯދައި، ވިޔަފާރި ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކުންފުނީގެ ކަސްޓަމަރުންނާބެހޭ އެންމެހައި ކަންކަން ރާވައި ހިންގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް (އެޓެސްޓްކޮށްފައި)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންވީ ތަން:

ހ. އާގަދަގޭ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ސުންގަޑި: 

2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން (އޮފީސް  ހުޅުވިފައި  ހުންނާނީ،  ބަންދު  ނޫން  ކޮންމެ  ދުވަހެއްގެ  ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3016630 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

 22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016
ހޯދާ