ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ބުރުނީ ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 އަށް ( ޖުމުލަ 13 ގަޑިއިރު ) އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް އައުޓްސޯސްކޮށްގެން ސެކިއުރިޓީ ބަލަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީ ދުވަސްތަކުގައި ހެނދުނު 7:00 އިން އިރުއޮއްސި 6:00 އަށް ސްކޫލުގެ ގޯތިތެރެއާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ސްކޫލުގެ ރަސްމީ މަސައްކަތެއް ކަމުގައި ވަނީ ހަމަޖެހިފައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަމިއްލަ ފަރުދުންނަށާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ބައިވެރިވެވޭނެއެވެ. ގަވާއިދުން ރަޖިސްޓަރީކޮށްގެން ސެކިޔުރިޓީ ބެލެހެއްޓުމުގެ ޚިދުމަތް ދޭ ފަރާތްތަކުން ރަޖިސްޓަރީގެ ކޮޕީއާއި، ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުން 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައި ކުރިއަށްދާނެއެވެ.

އަންދާސީހިސާބު ހުށަހެޅުން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ސްކޫލުގެ އޮފީހުގައި ކުރިއަށްދާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި، ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ސްކޫލުގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މާރިޗު 2016
ހޯދާ