މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ 363 ނަންބަރު ކޮށީގައި (ޓީވީ ކޮށީގައި) އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް، އާންމުކޮށް ހުޅުވާލައިގެން ވިއްކާ ފްލެޓު ގަތުމަށް ހުށަހަޅަންޖެހޭ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ޓީވީ ކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި  3 ގެ 10 ފްލެޓް  ގަންނަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ  2016 އޭޕްރިލް 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ކަމުގައި ދަންނަވަމެވެ. ސަބަބަކީ ރެހެންދި  3 ގެ 10 ފްލެޓް ގަންނަން ޝައުޤުވެރިވެލައްވާ ވަރަށް ގިނަ ފަރާތްތަކުން އިތުރު ފުރުޞަތަކަށް މި މިނިސްޓްރީގައި އެދިލައްވަމުން ގެންދަވާތީއެވެ.

އަދި މި 10 ފްލެޓުން ފްލެޓެއް ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރުއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމާއެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީ އުރައިގެ ބޭރުގައި "ޓީ.ވީ ކޮށީން ފްލެޓެއް ގަތުމަށް އެދި" ލިއުއްވުމަށްފަހު، 2016 އޭޕްރިލް 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.  

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.         

30 މާރިޗު 2016
ހޯދާ