މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ 363 ނަންބަރު ކޮށީގައި (ޓީވީ ކޮށީގައި) އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް، އާންމުކޮށް ހުޅުވާލައިގެން ވިއްކާ ފްލެޓު ގަތުމަށް ހުށަހަޅަންޖެހޭ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މި އިޢުލާންވަނީ 30 މާރިޗު 2016 19:58 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ސަރުކާރުގެ "ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުން" ސިޔާސަތުގެ ދަށުން ޓީވީ ކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި 1 ގެ 1 ފްލެޓް އަދި ރެހެންދި 3 ގެ 10 ފްލެޓް  ގަންނަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފޯމު ދޫކުރުމުގެ އެންމެ ފަހުގެ ތާރީޚެއް ކަމަށް ޙަވާލާދީފައިވާ އިޢުލާނުގައި ބަޔާންކުރެވިފައި ވާނީ 31 މާރިޗު 2016 އެވެ. ނަމަވެސް، ވަރަށް ގިނަ ފަރާތްތަކުން އިތުރު ފުރުޞަތަކަށް މި މިނިސްޓްރީގައި އެދިލައްވަމުން ގެންދާތީ، މި 11 ފްލެޓް ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަހެޅުމަށް އެންމެ ފަހުގެ ތާރީޚަކީ 2016 އޭޕްރިލް 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ކަމުގައި ދަންނަވަމެވެ.

އަދި މި 11 ފްލެޓުން ފްލެޓެއް ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރުއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމާއެކު ސިޓީ އުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީ އުރައިގެ ބޭރުގައި "ޓީ.ވީ ކޮށީން ފްލެޓެއް ގަތުމަށް އެދި" ލިއުއްވުމަށްފަހު، 10 އޭޕްރިލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 1:001 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.  

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.         

30 މާރިޗު 2016
ހޯދާ