ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރު އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: މާރިޗު 2016

ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2016 ވަނަ އަހަރު އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: މާރިޗު 2016

ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުތަކުގެ

ޖުމްލަ

ދިވެހިރާއްޖެ

ލައިސަންސް

 

ޕައިލެޓް ސްޓަޑީސް

10

ޑިޕްލޮމާ

5

ނާރސިންގ

30

ޓީޗިންގ

30

އޭ.ސީ.ސީ.އޭ

10

ބެޗުލަރސް ޑިގްރީ

7

ޓީޗިންގ

50

ނާރސިންގ

30

އެކައުންޓިންގ

15

އެޑިޔުކޭޝަން/އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން/އެޑިޔުކޭޝަން މެނޭޖްމަންޓް

25

މިތާވަލުގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް

100

ބެޗުލަރސް ޑިގްރީ ފައުންޑޭޝަނާއެކު

7

މިތާވަލުގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް

100

މާސްޓަރސް ޑިގްރީ

9

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

10

ޖުމްލަ:

410

ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުތަކުގެ

ޖުމްލަ

ސާރކް ޤައުމުތައް

ޑިޕްލޮމާ

5

އެއަރކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިންގ

10

ބެޗުލަރސް ޑިގްރީ

7

އެމް.ބީ.ބީ.އެސް

20

ޑެންޓިސްޓްރީ

10

މިތާވަލުގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް

50

މާސްޓަރސް ޑީގްރީ

9

ޕޯސްޓްގްރެޖުއޭޓް މެޑިސިން

5

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

20

ޖުމްލަ:

115

ފުރުޞަތުތަކުގެ ތަފުސީލު

މި ސްކީމުން ލޯނުއެހީ ދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. ތަޢުލީމީ އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއްކަމުގައިވުން.

ށ. މިހާރު ހާސިލުކޮށްފައިވާ ކޯހުގެ ފެންވަރަށްވުރެ މަތީ ކޯހެއް ކަމުގައިވުން.

ނ. 1 މާރިޗު 2016 އަށް ކިޔެވުން ފަށްޓާފައިނުވާ ފަރާތަކަށްވުން. (1 މާރިޗު 2016 ގެ ކުރިން ކިޔަވަން ފަށާފައިވާ ފަރާތްތަކުން ކުރިމަތިލާންވާނީ މިޑިޕާޓްމަންޓުގެ އިޢުލާނު ނަންބަރު އިން ހުޅުވާލާފައިވާ މިހާރު (IUL)166-Schol/166/2016/30 ކިޔަވަމުންގެންދާ ފަރާތްތަކުގެ ސްކީމަށެވެ.)

ރ. ދިވެހިރާއްޖޭގައި ކިޔަވާ ކޯހެއްނަމަ، އެމް.އެން.ކިޔު.އެފް ލެވެލް 5 އިން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށްވުން. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ، އެމް.އެން.ކިޔު.އެފް ލެވެލް 7 އިން ފެށިގެން 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށް ވުން.

ބ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުން.

ޅ. ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން.

ކ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭ ކޯހެއްނަމަ، އެކޯހަކީ ކޯސް ހަދާ ޤައުމުގެ ލޯކަލް ކޯހެއް ކަމުގައިވުން. (ލޯކަލް ކޯހެއް ކަމުގައި ނުވާނަމަ، އެކޯސް ހެދުމަށް ހުއްދަ ދެވޭނީ ލޯކަލް ކޯސްތަކަށްވުރެ ކޯހުގެ ޚަރަދު ކުޑަވާނަމައެވެ.)

އ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން

ވ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.

މ. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ފައިސާ ދައްކަމުންގެންދާ ފަރާތެއް ކަމުގައިވުން.

ފ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓް ވެފައިވާ ފަރާތެއް ކަމުގައި ނުވުން.

ދ. ލޯނަށް އެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑްގެ ޚިދުމަތަށް ރިޕޯޓްނުކުރާ ފަރާތެއް ކަމުގައި ނުވުން.

ތ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާއެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން.

ލ. ލޯނުއެހީއަށް އެދޭ ފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރއެއް ހުރުން.

ގ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށަހަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއް ކަމުގައިވުން.

ޏ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 7 ގައިވާ ލިސްޓުގައި ހިމެނޭ ކޯހެއްކަމުގައި ނުވުން.

ސ. ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ.)

ޑ. ދިވެހި ރައްޔިތެއްކަމުގައިވުން.

ޒ. މި ސްކީމުގެ ދަށުން އިޢުލާންކޮށްފައިވާ ޕައިލެޓް ސްޓަޑީޒްސް ލައިސަންސް ކޯހަށް ލެވަލް 5، 6، 7، 8 އަދި ލެވެލް 9 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތްތަކަށް ކުރިމަތި ނުލެވޭނެ ކަމުގައި ދެންނެވީމެވެ.

ޝަރުޠުތައް

  • ވޭތުވެދިޔަ ތަނުގައި މަތީ ތަޢުލީމަށް މާލީއެހީއެއް ލިބިފައިނުވާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.
  • ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް، މި ލޯން ސްކީމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީންނެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރީޢާއިން އެޕްލިކޭޝަންފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅާ ސެޓުފިކެޓުތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.
    • ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާއި އުސޫލުގެ އެނެކްސްތައް 29 މާރިޗު 2016 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓް (www.dhe.gov.mv) އިން ލިބެން ހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަންދެއްވުން އެދެމެވެ.
    • އެޕްލިކޭޝަން ޑިސްކޮލިފައި ނުވާނޭގޮތް ހެދުމަށްޓަކައި އެޕްލިކޭޝަންފޯމު ހިފައިގެން އަންނަ ފަރާތުގެ ހާޒިރުގައި އެޕްލިކޭޝަންފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ އެޕްލިކޭޝަންފޯމު ބަލައެއް ނުގަނެވޭނެއެވެ. އޮޅުމަކުން އެފަދަ އެޕްލިކޭޝަން ބަލައިގަނެވުނު ކަމުގައިވިއަސް އިޢުލާންގައިވާ ޝަރުޠު ހަމަނުވާ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
    • އެޕްލިކޭޝަން ބަލައިގަތުމަށްފަހު އެޕްލިކޭޝަންފޯމަށް ނުވަތަ ފޯމާއެކު ހުށަހެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އެފަރާތަށް އެހެން އެޕްލިކޭޝަނެއް ހުށައެއް ނޭޅޭނެއެވެ. ފޯމު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން އެޕްލިކޭޝަނެއް ހުށައަޅާނަމަ ކުރިން ހުށައެޅި އެޕްލިކޭޝަން ކެންސަލްކުރުމަށް، ފަހުން ހުށައަޅާ އެޕްލިކޭޝަނާއެކު ލިޔުމުން ހުށައަޅަންވާނެއެވެ.
    • ފޯމުބަލައިގަތުމުގެ އެންމެފަހުދުވަހު ފޯމުހުށައަޅަން އައުމުން، ފޯމުގައި ފުރިހަމަނުކުރެވޭ ބައެއްއޮތްނަމަ ނުވަތަ ފޯމުފުރިހަމަކުރެވިފައިވަނީ ރަނގަޅަށްނޫންނަމަ، ފޯމުހުށައެޅުމަށް އޮންނަ ވަގުތުގެ ތެރޭގައި، އަލުން ފޯމުރަނގަޅުކޮށްގެން ފޯމުލުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހާ ހަމައަށް މަޑުނުކޮށް ފޯމު ހުށަހެޅުމަށް ނަސޭހަތްތެރިވަމެވެ.
    • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. ލޯނުއެހީގެ ދަށުން ކިޔަވަން ފަށާފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްކުރެވޭނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.
    • ޕޮއިންޓްގެ ގޮތުން، ފަހުޖާގައަށް/ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރުވެއްޖެނަމަ، މިޖާގަ/ޖާގަތަކަށް ލޯނުއެހީ ލިބޭ ދަރިވަރުން ހޮވާނީ ޤުރުޢަތުންނެވެ.
    • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް.
    • ތަޢުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގެ ދެފުށުގައި ލިޔެފައިވާނަމަ ދެފުށުގެ ކޮޕީ ނުނަގާ އެޓެސްކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.

(އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.) 

  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، އަދި ތާރީޚު އޮންނަންވާނެއެވެ. އެހެންމީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުންކުރާ އެޓެސްޓޭޝަންތައްވެސް ހުންނަންވާނީ މިފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމާއި އުސޫލު 29 މާރިޗު 2016 އިން ފެށިގެން 21 އެޕްރީލް 2016 ގެ ނިޔަލަށް، ހެނދުނު 8:30 އިން 13:30 އަށް، ވެލާނާގޭގެ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓަކީ: www.dhe.gov.mv  އެވެ.
  • މި ސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  • އެޕްލިކޭޝަން ފޯމު.
  • މަތީ ތަޢުލީމުގެ ލޯނު ސްކީމް (އަލަށް ކިޔަވަން ފަށާ ދަރިވަރުން) މާރިޗު 2016 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

  • އެޕްލިކޭޝަންފޯމު ބަލައިގަތުން އޮންނާނީ 2016 އެޕްރީލް މަހުގެ 24 ން 28 އަށް، ހެނދުނު 9:00 ން ފެށިގެން 14:00އާ ދެމެދު އެދުވަހަކަށް ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން، ވެލާނާގޭގެ ދެވަނަ ތަޅުމުގައެވެ.

ސުންގަޑި:

  • ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު މިޑިޕާޓްމަންޓްގެ ކައުންޓަރުން ނަންބަރު ލިބިވަޑައިގަންނަވާނެއެވެ. ނަންބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށްވެސް މިމުއްދަތުގައި މި ޑިޕާޓްމެންޓަށް ވަޑައިގަތުމުން ނަންބަރެއް ލިބިވަޑައިގަންނަވާނެއެވެ. ވީމާ، ހުރިހާ ފަރާތްތަކުންވެސް 21 އެޕްރީލް 2016 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.

ނަންބަރު ދޫކުރުން:

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަންބަރަށެވެ.

28 މާރިޗު 2016
ހޯދާ