މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބިޑު ފޯމު ވިއްކުމުގެ މުއްދަތު އިތުރު ކުރުން

އިޢުލާނު

ބިޑު ފޯމު ވިއްކުމުގެ މުއްދަތު އިތުރު ކުރުން

މި މިނިސްޓްރީގެ ނަންބަރު (IUL)30-E/30/2016/11 (14 މާރިޗު 2016) އިޢުލާނާ ނަންބަރު (IUL)30-E/30/2016/15 (16 މާރިޗު 2016) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

ވަރުވާއަށް ދޫކުރުމަށްޓަކައި މި މިނިސްޓްރީން ހުޅުވާލާފައިވާ ބ. އަތޮޅުގެ ފަޅުރަށްރަށުގެ ބިޑް ފޯމު ވިއްކުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚަކީ 7 އޭޕްރީލް 2016 ކަމުގައި މިހާރު ވަނީ ހަމަޖައްސާފައެވެ.

ވީމާ، 2016 މާރިޗު 29 ވާ އަންގާރަ ދުވަހުން ފެށިގެން 2016 އޭޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ބިޑު ފޯމު ވިއްކަމުން ގެންދާނެ ވާހަކަ އާންމުކޮށް އަންގަމެވެ.

28 މާރިޗު 2016
ހޯދާ