ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ ވޭރިއަބަލް ފްރީކުއެންސީ ޑްރައިވް ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ ވޭރިއަބަލް ފްރީކުއެންސީ ޑްރައިވް ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ ވޭރިއަބަލް ފްރީކުއެންސީ ޑްރައިވް ފޯރުކޮށްދިނުމަށް ކުރެވުނު ނަންބަރު 60އޭޑީއެމް/26/2016 އިޢުލާނާ ގުޅިގެން، ޞައްޙަ ބީލަމެއް ލިބިފައިނުވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. 

މަސައްކަތް: ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ 30 ކިލޯވޮޓް އަދި 75 ކިލޯވޮޓްގެ ވޭރިއަބަލް ފްރީކުއެންސީ ޑްރައިވް ފޯރުކޮށްދިނުމާއި ހަރުކުރުން 

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ 

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުލައްވާ ބޭފުޅުން 2016 އެޕްރީލް 03 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސް.ޓީ.އޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. 

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އެޕްރީލް 03 ވަނަ ދުވަހު އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އެޕްރީލް 04 ވަނަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އެޕްރީލް 09 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި 2016 އެޕްރީލް 11 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އެޕްރީލް 19 ވަނަ ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   33443713 , 3344196

ފެކުސް:  3344633

އީމެއިލް: [email protected]

18 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016
ހޯދާ