މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'ނޭޝަނަލް ބަޔޯޑައިވަރސިޓީ، ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

'ނޭޝަނަލް ބަޔޯޑައިވަރސިޓީ، ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން ތައްޔާރުކޮށް އެކުލަވާލައިފައިވާ 'ނޭޝަނަލް ބަޔޯޑައިވަރސިޓީ، ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް 10 މާރިޗު 2016 ކުރެވުނު ނަންބަރު (IUL)438-ECAS/438/2016/52 އިޢުލާނަށް އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ފޮތް ޕްރިންޓްކުރެވެންވީ ގޮތާ ބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތުގެ އަގު:
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަންއަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި 'ނޭޝަނަލް ބަޔޯޑައިވަރސިޓީ، ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ" މަޝްރޫޢާބެހޭ މިހެން ލިޔެވިފައިވާންވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2016 އެޕްރީލް 12 ވަނަ ދުވަހު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު:   3018337  ނުވަތަ  3018300

ފެކްސް:  3018301

އީމެއިލް:  [email protected]

މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓުގައި 'ނޭޝަނަލް ބަޔޯޑައިވަރސިޓީ، ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

28 މާރިޗު 2016
ހޯދާ