ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ އުތުރުފަރާތުގެ ސަރަހައްދުގައި އޮތް 50,000 އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ގދ. ފިޔޯރީ އުތުރުފަރާތުގެ ސަރަހައްދުގައި އޮތް 50,000 (ފަންސާސް ހާސް) އަކަފޫޓުގެ ބިން 50 ( ފަންސާސް ) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، ގދ.ފިޔޯރީ ކައުންސިލްގެ ފަރާތުން ބިޑް ހުޅުވާލައިފީމެވެ. އެ ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާގޮތަށް ތައްޔާރުކޮށް، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެމަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ.

1. ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 09:00 އިންފެށިގެން 05 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހުގެ 2:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ.

   ގދ. ފިޔޯރީ ކައުންސިލްގެ އިދާރާ

   މަގު: އަމީނީމަގު

   ރަށް: ގދ. ފިޔޯރީ

   ދިވެހިރާއްޖެ

   ޓެލެފޯނު ނަންބަރު: 6840008

   ފެކްސް ނަންބަރު: 6840008

   އީމެއިލް އެޑްރެސް: [email protected]

2. މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު މެދުވެރިކޮށް ގދ. ފިޔޯރީކައުންސިލް އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ގދ. ފިޔޯރީ ކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

3. ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ރާއްޖޭން ބޭރުގެ ޤައުމުތަކުގެ ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަރޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާ އޮތުމަކީ މައްސަލައެއް ނޫނެވެ. މާނައަކީ، ދިވެހި ރައްޔިތުން ހިއްސާވާ ނުވަތަ ބިދޭސީން ހިއްސާވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށްވެސް މި ބިޑްގައި ބައިވެރިވެވިދާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/400 (ހަތަރުސަތޭކަ) ރުފިޔާއަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާ ދެވޭނެ ފައިސާއެއްނޫނެވެ.

4. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅާނީ، އެފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓްގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުންމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދި ހުށަހަޅަނީ، ޕާރޓްނަރޝިޕަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދި ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5. ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 06 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:00 ގައި ގދ. ފިޔޯރީ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން އިޢުލާންކުރެވޭ އެހެންތަނެއްގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ގދ. ފިޔޯރީ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން އިޢުލާން ކުރެވޭ އެހެން ތަނެއްގައެވެ.

6. ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމުގައި 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، ގދ. ފިޔޯރީ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން އިޢުލާން ކުރެވޭ އެހެން ތަނެއްގައެވެ.

13 ޖުމާދަލްއާޚިރާ 1437

23 މާރިޗު 2016
ހޯދާ