ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ

2016 ވަނަ އަހަރު ދިރިއުޅުމަށްޓަކައި ހޯރަފުށިން ބަންޑާރަ ގޯތި ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 147 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް ތިރީގައި ދަންނަވާފައި މިވަނީއެވެ.

ސަރަޙައްދު 1: ހޯރަފުށީގައި ބެރިންމަދޫ މީހުން އަލަށް އާބާދުވެފައިވާ ސަރަޙައްދުގެ ހުޅަނގުން           82 ގޯތި

ސަރަޙައްދު 2: ހޯރަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގެ ހުޅަނގުން އެއްފަސް ހިނގުމުގެ ދެކުނު ސަރަޙައްދުން       13 ގޯތި

ސަރަޙައްދު 3: ޗާލުނަޔާމަގާއި އަބޫބަކުރުމޫސާ މަގާ ދެމެދުން ފިތުރޯނުމަގުގެ އުތުރު ސަރަޙައްދުން          16 ގޯތި

ސަރަޙައްދު 4: ފިލިގަސްގޯޅީގެ ހުޅަނގުން ޢަބްދުﷲ ފަހުމީ މަގާއި މުރަނގަޖެހިމަގުގެ ދެމެދު ސަރަޙައްދުން    09 ގޯތި

ސަރަޙައްދު 5: ރަށުގެ ހުޅަނގުމަތީ ފަރާތު އަތިރިމަތީ ސަރަހައްދުން މުރަނގަޖެހިމަގާއި ބަގީޗާމަގާ ދެމެދުން     14 ގޯތި

ސަރަޙައްދު 6: ރަށުގެ އިރުއުތުރު ސަރަޙައްދުގައި އޮންނަ ކޮއިމަލާހިނގުމުގެ އުތުރު ސަރަޙައްދުން          13 ގޯތި

ވީމާ، ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ފުރުއްވުމަށްފަހު 2016 މާރިޗު 23 ވަނަ ދުވަހުން ފެށިގެން 2016 އެޕްރީލް 27 ވަނަ ދުވަހުގެ 13:30ގެ ކުރިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ (ފޯމު ދޫކުރާ މުއްދަތުގައި) ރަސްމީ ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500012 ފޯނާއެވެ.

ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތައް

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 21 އަހަރުވެފައިވާ މީހަކަށްވުން.
  3. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  4. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ލިބިފައިނެތުން. ނުވަތަ ލިބިފައިވާ މިފަދަ ބައެއް ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ދޫކޮށްލުން.
  5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.
  6. ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވާ މީހަކު ކަމުގައިވުން.
  7. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެތެރޭ މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.
  8. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެން އޮތް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
  9. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތްކޮށްފައި ނުވަތަ ވަކިން ޢިމާރާތް ކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުސޫލުން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން (މިގޮތަށް ދޫކޮށްލުމަށް އެބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީ ކޮށްދެވޭނީ ތަރިކައިން ލިބެންއޮތް ގޯތި ނުވަތަ ލިބެންއޮތްބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމުމަށްފަހުގައެވެ.)
  10. ގޯއްޗަށް އެދޭ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި، އެގޯތި 600 އަކަފޫޓަށްވުރެ ބޮޑުނަމަ ގޯތީގެ ވެރިފަރާތުގެ ހުރީ އެންމެ ދަރިއެއްކަމުގައި ނުވުން.
  11. ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި އެގޯތީގެ ބޮޑުމިން 1200 އަކަފޫޓަށްވުރެ ކުޑަނޫންނަމަ އެގޯތީގެ ވެރިފަރާތުގެ ގޯތި ލިބިފައިނުވާ ދުނިޔޭގައި ތިބި ދަރިންގެ އަދަދު 2 އަށްވުރެ އިތުރުވުން.
  12. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.
  13. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބެން ނެތުން.

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުސޫލު

1

ކައިވެނީގެ ބައި:

 

ހ

މީހަކާ އިނދެގެން ހުރިނަމަ

25 ޕޮއިންޓް

 

ށ

ކުރިން މީހަކާއިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ

20 ޕޮއިންޓް

2

ޢުމުރުގެ ބައި:

 

ހ

ޢުމުރުން 21 - 25 އަހަރާ ދެމެދު ނަމަ

05 ޕޮއިންޓް

 

ށ

ޢުމުރުން 25 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 07 ޕޮއިންޓް)

07 ޕޮއިންޓް

3

ދަރިންގެބައި:

 

ހ

21 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ

05 ޕޮއިންޓް

 

ށ

21 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް

(މިބަޔަށްގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

04 ޕޮއިންޓް

 

ނ

ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ

03 ޕޮއިންޓް

 

ރ

ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުންދަށުގެ  1 ކުއްޖަކަށްވުރެ

ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)

04 ޕޮއިންޓް

4

މައިންބަފައިންގެ ބައި:

 

ހ

މަންމަ ބަލަމުންގެންދާނަމަ

03 ޕޮއިންޓް

 

ށ

ބައްޕަ ބަލަމުންގެންދާނަމަ

03 ޕޮއިންޓް

 

ނ

މައިންބަފައިންނާއި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ 

03 ޕޮއިންޓް

5

ރައްވެހިކަމުގެބައި:

 

ހ

ރަށުގެ ރައްވެއްސެއްނަމަ

20 ޕޮއިންޓް

 

ށ

ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ދިރިއުޅޭތާ 5 އަހަރުވެފައިވާނަމަ    

15 ޕޮއިންޓް

 

ނ

ރަށުގައި ދިރިއުޅޭތާ 4 އަހަރު ފުރި 5 އަހަރު ނުވާނަމަ  

10 ޕޮއިންޓް

 

ރ

ރަށުގައި ދިރިއުޅޭތާ 3 އަހަރު ފުރި 4 އަހަރު ނުވާނަމަ    

08 ޕޮއިންޓް

 

ބ

ރަށުގައި ދިރިއުޅޭތާ 2 އަހަރު ފުރި 3 އަހަރު ނުވާނަމަ     

06 ޕޮއިންޓް

 

ޅ

ރަށުގައި ދިރިއުޅޭތާ 1 އަހަރު ފުރި 2 އަހަރު ނުވާނަމަ

04 ޕޮއިންޓް

 

ކ

ރަށުގައި ދިރިއުޅޭތާ 1 އަހަރު ނުވާނަމަ

02 ޕޮއިންޓް

6

ޕޮއިންޓް އުނިކުރުން:

 

ހ

ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާކަމަށްވާނަމަ

10 ޕޮއިންޓް

 

ށ

ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާ މީނާކަމަށްވާނަމަ

10 ޕޮއިންޓް

 

ނ

ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗަށްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް

05 ޕޮއިންޓް

 

ރ

ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗައްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް  

05 ޕޮއިންޓް

އިތުރު ތަފުސީލު:

  • ނަންބަރު 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ޢާއިލާ ކައިވެނި ރޫޅިފައިވާނަމައެވެ.
  • ނަންބަރު 02 ގައިވާ ޢުމުރުގެބައި ބަލާނީ ފޯމު ހުށަހަޅާ މީލާދީ ތާރީޚަށެވެ.
  • ނަންބަރު 03 ގެ (ށ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗައް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުންގެންދަނީ ގޯއްޗަށް އެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.)
  • ނަންބަރު 04 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ.
  • ނަންބަރު 04 ގެ (ނ) ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއްކޮށް ނޫޅެވޭފަދަ މީހަކު ބަލަމުންދާނަމައެވެ.
  • ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ފޯމު ހުށަހަޅާ މީލާދީ ތާރީޚަށެވެ.
  • ގޯތިދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ ޗާޓުތައް މިއިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ.

ގޯތި ލިބޭގޮތް:

  • ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާމީހުން ތިބިނަމަ އޭގެތެރެއިން ގޯތިލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.
  • ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ގޯތިދޫކުރެވޭނީ އޭގެ ތެރެއިން އެންމެގިނަ ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ދެމީހުންނަށް ގޮތެއް ނުނިންމިއްޖެނަމަ ދެމަފިރިންނަށް ލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް އެއްބަސްނުވެއްޖެނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ކޮމެޓީގެ ހާޒިރުގައި ދެމެފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.
  • ގޯތިލިބޭނެ ފަރާތްތައް ކަނޑައަޅާނީ 50 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓްލިބޭ ފަރާތްތަކުގެ ތެރެއިން ހަމަޖެހިފައިވާ އުސޫލުންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ