ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ނެޓްވާރކާ ގުޅޭ ސާމާނު ގަންނަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިއޮފީހަށް ކޮމްޕިއުޓަރ ނެޓްވޯކާއި ގުޅޭ ސާމާނު ގަންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)196-C/1/2016/18 (03 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގެ ތެރެއިން، ދީފައިވާ ޝަރުޠުތަކާ އެއްގޮތަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 (ދޭއް) ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މިއޮފީހަށް ނެޓްވާރކް ފަޔަރވޯލް، ނެޓްވާރކް ސްވިޗް، ވޯލްމައުންޓް ރެކެއް ގަންނަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 31 މާރިޗު 2016 ވަނަ ދުވަހުގެ 11:30 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

19 ޖުމާދަލްއާޚިރާ 1437

28 މާރިޗު 2016
ހޯދާ