މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގައި ޤާއިމުކުރެވިފައިވާ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް-ރީ ޓެންޑަރ

ޕްރޮޖެކްޓް ނަންބަރު: TES/2015/W-119-R03

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޏ.ފުވައްމުލަކުގައި ޤާއިމުކުރެވިފައިވާ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް-ރީ ޓެންޑަރ

(IFB No.: 002/TF019383):

 1. ދިވެހި ސަރުކާރުން ވާރލްޑްބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވާލެވި، ތަންފީޒު ކުރަމުންގެންދާ "ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)"ގެ ދަށުން ޏ.ފުވައްމުލަކުގައި ޤާއިމުކުރެވިފައިވާ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL) 13-K1/13/2015/369 އިޢުލާނަށް ޝަރުޠު ހަމަވާ ފަރާތެއް ލިބިފައިނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.

 2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ޏ.ފުވައްމުލަކުގައި ޤާއިމުކުރެވިފައިވާ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

 3. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގގައި، ވާރލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

 4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 5. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 28 މާރިޗު 2016އިން 17 އެޕްރީލް 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 6. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން (10) ދިހައެއް ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

 7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

   ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349191    3349106

   ފެކްސް: 3320706    3324432

   އީމެއިލް: [email protected]

   ކޮޕީ: [email protected]

 8. ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 11 އެޕްރީލް 2016ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މަތީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

 9. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/15،000ރ (ފަނަރަހާސް ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 119 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

 10. ބީލަން ހުޅުވުން އޮންނާނީ 18 އެޕްރީލް 2016ވާ ހޯމަ ދުވަހުގެ 09:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

28 މާރިޗު 2016
ހޯދާ