މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށް

އިޢުލާން

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫޢަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (93/4)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ކުރެވުނު ނަންބަރު (IUL)138-PIS1/138/2016/14 އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މެއިލަށް މަޢުލޫމާތުކަރުދާސް ހޯއްދެވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުމަށް 04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަޔަރަންމަންޓަލް މޮނިޓަރިންގ ޔުނިޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004110    ފެކްސް:3004301

އީ-މެއިލް: [email protected]

28 މާރިޗު 2016
ހޯދާ