ވިލިމާލޭ ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް، ތިރީގައިމިވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

އެންރޯލްޑް ނާރސް

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS4

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/ 2500 ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން:

ނާރސިންގ ސަރވިސަސް

ތަޢުލީމާއި ތަޖުރިބާ:

ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާރސް އެއިޑް ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ވިލިމާލެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެވޭ ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، ހޮސްޕިޓަލުގެ ޚިދުމަތަށް އަންނަ މީހުންނަށް އެހީތެރިވެދިނުން.

މަޤާމް:

ރެޖިސްޓާރޑް ނާރސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކްލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS1

ބޭނުންވާ އަދަދު:

6 (ހައެއް)

މުސާރަ:

މަހަކު -/5610ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން:

ނާރސިންގ ސަރވިސަސް

ތަޢުލީމާއި ތަޖުރިބާ

  1. ސަރުކާރު ގަބޫލުކުރާ އިންސްޓްޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ޑިޕްލޮމާ އިން ކޮންވާރޝަން އިން ނަރސިންގ ކޯސް ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ވިލިމާލެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެވޭ ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، ހޮސްޕިޓަލުގެ ޚިދުމަތަށް އަންނަ މީހުންނަށް އެހީތެރިވެދިނުން.

މަޤާމް:

ކްލިނިކަލް ނާރސް

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS3

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން:

ނާރސިންގ ސަރވިސަސް

 

 

ތަޢުލީމާއި ތަޖުރިބާ:

  1. ނަރސިންގ ދާއިރާއިން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ސީނިއަރ ރެޖިސްޓަރޑް ނަރސްގެއެއްގެ ގޮތުގައި 4 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. އަދި؛
  •  ޕަރފޯމަންސް އެޕްރައިސަލްގެ ފާއިތުވި 4 އަހަރުދުވަހުގެ އެވްރެޖް %80 އަށްވުރެ މަތިން ހާސިލުކޮށްފައިވުން. އަދި؛
  • މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު، ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން. އަދި؛
  •  އަޚްލާޤީ  (ޑިސިޕްލިން)  އެއްވެސް  މައްސަލައެއް  އަދި  މެޑިކަލް  ނެގްލިޖެންސްގެ  އެއްވެސް  މައްސަލައެއް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ރެކޯޑްކުރެވިފައި ނެތުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ވިލިމާލޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެވޭ ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، ވޯޑެއްގެ ނާރސިންގ ކެއަރ ދެވޭނެ އިންތިޒާމް ރާވައި ހަމަޖެއްސުން.

 

މި މަޤާމްތަކަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަަށަވަރުކުރުމަށްޓަކައި އިންޓަވިއުކޮށްގެން.

(މި ވަޒީފާތަކަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓްކުރުމަށްފަހުގައެވެ.)

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވިލިމާލޭ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  4. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ.
  6. މުއްދަތު ހަމަނުވާ ނަރސިންގ ރެޖިސްޓްރޭޝަނާއި، ލައިސަންސްގެ ކޮޕީ.
  7. ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓާއި،  ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  8. ވަޒީފާއަށް  ކުރިމަތިލާ   ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  9. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  10. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  11. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ، ވިލިމާލެ ހޮސްޕިޓަލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 13.30 އެވެ.

- 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

 ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން މެންދުރު 13.30 އަށް ވިލިމާލޭ ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3391019 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި، ވިލިމާލޭ ހޮސްޕިޓަލުގައި.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ