ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އައިޓެކް ސްކީމް - ޕޯސްޓް ގްރެޖުއޭޓް މެޑިކަލް ކޯސް 2016/2017

އައިޓެކް ސްކީމް - ޕޯސްޓް ގްރެޖުއޭޓް މެޑިކަލް ކޯސް 2017 - 2016

ބަނާރަސް ހިންދޫ ޔުނިވަރސިޓީ

1

ކޯހުގެ އަދަދު:

އިންޑިޔާ

ޤައުމު:

ޕޯސްޓްގްރެޖުއޭޓް

ކޯހުގެ ފެންވަރު:

ބަނާރަސް ހިންދޫ ޔުނިވަރސިޓީ

އިންސްޓިޓިއުޓް:

-  ސައިކޭޓްރީ ( އެމް.ޑީ )                  -  މައިކްރޯބައޮލޮޖީ ( އެމް.ޑީ )

-  ރޭޑީއޯތެރަޕީ ( އެމް.ޑީ )                  -  ބަޔޯ ކެމިސްޓްރީ ( އެމް.ޑީ )

-  ޓީބީ އަދި ރެސްޕިރޭޓޮރީ ޑިސީޒަސް ( އެމް.ޑީ )     -  ކޮމިއުނިޓީ މެޑިސިން ( އެމް.ޑީ )

-  ޑަރމަޓޮލޮޖީ ވެނެރިއޮލޮޖީ ( އެމް.ޑީ )           -  ޕެތޮލޮޖީ ( އެމް.ޑީ )

-  އެނަޓޮމީ ( އެމް.ޑީ )                    -  އީ.އެން.ޓީ ( އެމް.އެސް )

-  ފިޒިއޮލޮޖީ ( އެމް.ޑީ )                   -  އޮބްސްޓެޓްރިކްސް ގައިނެކޮލޮޖީ ( އެމް.އެސް )

ދާއިރާ އަދި ލެވެލް:

  1. އެމް.ބީ.ބީ.އެސް ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)
  2. އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވުން
  3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސި ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ CAE/CPE  އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯ 6.0 ނުވަތަ TOEFL އިން 550 ލިބިފައިވުން
  4. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 28 މާރިޗު 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން، ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ.

5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާ ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޔުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ. މި އުސޫލު މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

ޝަރުޠު:

  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • އެކެންޑިޑޭޓަކު ބެޗްލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ޢާންމުކޮށް މިޑިޕާޓްމަންޓުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތް މިޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.   
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ޑިޕާޓްމަންޓުން ނޮމިނޭޓް ކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 15 ކެންޑިޑޭޓުންނެވެ. އޭގެތެރެއިން މި ކޯހަށް ހޮވޭ ފަރާތެއް ކަނޑައަޅާނީ ކޯސް އިންތިޒާމު ކުރައްވާ ފަރާތުންނެވެ.
  • މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ޓިއުޝަން ފީ، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް) މި ކޯސް އިންތިޒާމު ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ރިޓަރން އެއަރޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުންނެވެ.
  • މި ކޯހަކީ ބައިލެޓްރަލް އެހީގެ ދަށުން ލިބިފައިވާ ކޯހަކަށްވާތީ، ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެ ފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ފަރާތަކަށް ހޯދައިދެވެން ނޯންނާނެ ކަމުގައި ދަންނަވަމެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ފަރާތެއް ކިޔަވައި ނިންމުމަށްފަހު، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ވަކި އިދާރާއެއްގައި، ކަނޑައެޅޭ ވަކި މުއްދަތަކަށް ޚިދުމަތްކުރަން ޖެހޭނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިއުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ.
  • މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕުގެ އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުން ފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓު، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv އަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ، ދެފުށުގެ ކޮޕީ ނުނަގައި އެޓެސްކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.

(އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.) 

  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، އަދި ތާރީޚު އޮންނަންވާނެއެވެ. އެހެންމީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުން ކުރާ އެޓެސްޓޭޝަންތައް ވެސް  ހުންނަންވާނީ މި ފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި އިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އިޢުލާނުގެ ސުންގަޑި ހަމަވުމުގެ 1 ދުވަސް ކުރިން ބޭނުންފުޅުވާ ފަރާތްތަކަށް އެޓެސްޓް ކޮށްދެވޭނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު.
  • އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާކަން އަންގައިދޭ ލިޔުން.
  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސި ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާކަން. ނުވަތަ CAE/CPE  އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯ 6.0 ނުވަތަ TOEFL އިން 550 ލިބިފައިވާކަން އަންގައިދޭ ލިޔުން.
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު މިކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  • އެއް އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވާ ކަމުގެ ރަސްމީ ލިޔުން
  • ކެރެކްޓަރ ސެޓުފިކެޓު އަދި ސްކޫލު ސެޓުފިކެޓު
  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުން. އަދި މި ކޯހަށް ނޮމިނޭޓްވެއްޖެނަމަ މިކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ދައްކަމުންގެންދަން އެއްބަސްވާކަމުގެ ލިޔުން.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، މި އިޢުލާންގެ ޝަރުޠު ނަންބަރު 4 ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ރަސްމީ ލިޔުން.
  • އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ފޮޓޯ، ނަން، އެޑްރެސް، ޕާސްޕޯޓް ދޫކުރި ތާރީޚު، މުއްދަތު ހަމަވާ ތާރީޚު އަދި ދޫކުރި ތަން އަންގައިދޭ މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޞަފްޙާތަކުގެ ކޮޕީ (ނޯޓް: އެޕްލައި ކުރާ ކޯސްނިމުމުގެ ކުރިން މުއްދަތު ހަމަނުވާ ޕާސްޕޯޓެއްތޯ ކަށަވަރުކުރަންވާނެއެވެ.)
  • އައިޑީ ކާޑު އަދި އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ
  • ޕާސްޕޯޓްސައިޒްގެ 1 ފޮޓޯ ( އެޕްލިކޭޝަން ފޯމުގައި ތަތްކުރާ ފޮޓޯގެ އިތުރުން )
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު ( މަތީގައިވާ ކޯހުގެ ދާއިރާތަކުގެ ތެރެއިން ތިން ދާއިރާއެއްގެ ނަން، އިސްކަންދޭ ތަރުތީބުން ހިމަނާފައި އޮންނަންވާނެއެވެ. )
  • ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 28 މާރިޗު 2016 (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަންފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން 14:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341325 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

21 މާރިޗު 2016
ހޯދާ