މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ އޮފިސަރ، އޮބްޖެކްޝަން (ލެވެލް 1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓެންޓް އޮފިސަރ، ޓެކްސް ޓްރޭނިންގ (ލެވެލް 1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓެންޓް އޮފިސަރ، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (ލެވެލް 1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓެންޓް އޮފިސަރ، ޓެކްސްޕޭޔަރ ފެސިލިޓޭޝަން (ލެވެލް 1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓެންޓް އޮފިސަރ، ރީޖަނަލް ސަރވިސް (ލެވެލް 1)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، އޮބްޖެކްޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ލޯ ޑިވިޜަން / އޮބްޖެކްޝަން ސެކްޝަން

އަސާސީ މުސާރަ:

-/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީގެ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ އޮބްޖެކްޝަންތައް ބަލައި، އޮބްޖެކްޝަން ރިވިއު ރިޕޯޓް ތައްޔާރުކުރުމާއި ކަމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުޠު:

އެކައުންޓިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން

މަޤާމު:

އެސިސްޓެންޓް އޮފިސަރ، ޓެކްސް ޓްރޭނިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް / އެޑިޔުކޭޝަން އެންޑް އެވެއަރނަސް ޑިވިޜަން / ޓެކްސް ޓްރޭނިންގ ސެކްޝަން

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޢާންމުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދިނުމަށް ސެމިނަރތަކާއި، ތަމްރީނު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ރާވައި ހިންގުމާއި ޓްރޭނިންގތަކަށް އަދި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް، އިންފޮރމޭޝަން ބުކްލެޓް، މެނުއަލް، ގައިޑް ފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޓެކްސް އޭޖެންޓުންނާއި މީރާއިން ޤަބޫލުކުރާ ޓެކްސް އޮޑިޓަރުންނަށް ހުއްދަ ދީ ތަމްރީނު ކުރުމާއި ކަމާގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު:

އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

މަޤާމު:

އެސިސްޓެންޓް އޮފިސަރ، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ރެޖިސްޓްރޭޝަން ޕްރޮސެސިންގ ސެކްޝަން

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާގުޅޭ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީކޮށް އެ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ޒިޔާރަތްކޮށް، ޓެކުހަށް ރަޖިސްޓަރީކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓްރޭޝަން ކައުންޓަރުން ރަޖިސްޓަރީކުރުމާއި، ރަޖިސްޓްރޭޝަނާ ގުޅޭ އެހެނިހެން ޚިދުމަތްތައް ދިނުމާއި މީރާ ކަނެކްޓް އެކައުންޓް ރަޖިސްޓަރީކުރަން ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރުން.

ޝަރުޠު:

އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

މަޤާމު:

އެސިސްޓެންޓް އޮފިސަރ، ޓެކްސްޕޭޔަރ ފެސިލިޓޭޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ޓެކްސްޕޭޔަރ ފެސިލިޓޭޝަން ސެކްޝަން

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

1415 އަށް އަންނަ ފޯންކޯލްތަކަށާއި އީމެއިލްތަކަށް ޖަވާބުދިނުމާއި މަސައްކަތައް ކަނޑައެޅިފައިވާ ވަގުތުގެ ފަހުން އަންނަ ފޯންކޯލްތަކަށް ޖެހިގެން އަންނަ ދުވަހު އެ ކޯލްތަކަށް ގުޅައި މަޢުލޫމާތު ސާފުކުރުން.

ޝަރުޠު:

އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) 

މަޤާމު:

އެސިސްޓެންޓް އޮފިސަރ، ރީޖަނަލް ސަރވިސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ރީޖަނަލް ސަރވިސް ސެކްޝަން

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އަތޮޅުތަކުން ފޮނުވަންޖެހޭ ޓެކްސް ބަޔާންތަކާއި ފައިސާއާއި ފައިސާއާބެހޭ ރިޕޯޓްތައް ފޮނުވާތޯ ބެލުމާއި، ނުފޮނުވާ އަތޮޅުތަކަށް ގުޅައިގެން ރިޕޯޓުތަކާއި ފައިސާ ހޯދުމާއި އަތޮޅުތަކުން ލިބޭ ފައިސާގެ މަޢުލޫމާތު މީރާގެ ސިސްޓަމުތަކުގައި އަޕްޑޭޓްކޮށް ބެލެހެއްޓުން

ޝަރުޠު:

އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) 

އެހެނިހެން ޝަރުޠުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.
  7. ވަޒީފާ ލިބިއްޖެނަމަ ވަޒީފާގައި އުޅޭ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އޭ.ސީ.ސީ.އޭ އިމްތިޙާނުގައި ބައިވެރިނުވާނެ ކަމަށާއި، އަދި ފުރަތަމަ 1 (އެކެއް) އަހަރުގެ މުއްދަތުގެ ތެރޭގައި އެހެން އެއްވެސް ކޯހެއް / އިމްތިޙާނެއްގައި ބައިވެރިނުވާނެ ކަމަށް އިޤުރާރުވުން.   

އެހެނިހެން އިނާޔަތްތައް

-  މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކުވެސް ހޮވާލެވޭ މުވައްޒަފުންތަކަކަށް މީރާގެ ސްޕޮންސަރޝިޕްގެ ދަށުން އޭ.ސީ.ސީ.އޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

-  އޭ.ސީ.ސީ.އޭ މެމްބަރ ނުވަތަ އެފިލިއޭޓް ލެވެލް ހާސިލުކޮށްފައިވާ މުވައްޒަފުންނަށް އަހަރަކު އެއްފަހަރު:

-  އެނުއަލް ސަބްސްކްރިޕްޝަން ފައިސާ ދައްކައިދިނުން

-  ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީ.ޕީ.ޑީ) ޓްރޭނިންގގައި ބައިވެރިކޮށްދިނުން.

މިމަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓުފިކެޓު) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޔު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަރވިއުއަށް ބަލައި، އެންމެމަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

- މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 އެޕްރީލް 2016 ގެ 16:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

14 ޖުމާދަލްއާޚިރާ 1437 

23 މާރިޗު 2016
ހޯދާ