މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބައެއް ދޮރުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

މި މިނިސްޓްރީގެ ބައެއް ދޮރުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރު IUL)142-A1/1/2016/08) އަދި IUL)142-A1/1/2016/23) އިޢުލާނުން ދެފަހަރު އިޢުލާން ކުރުމުންވެސް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ހާޒިރުވެފައިނުވާތީ މި ދެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އެޕްރީލް 04 ވާ ހޯމަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 އަށެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ