މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢުމްރާ ދަތުރަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އިތުރުކުރުން

އިޢުލާން

1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢުމްރާ ދަތުރުގައި ބައިވެރިވުމަށްޓަކައި ގިނަ ފަރާތްތަކަކުން އެދެމުންދާތީ، އެފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށްޓަކައި، ކުރިޔަށް އޮތް އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ވާހަކަ އަންގައި އިޢުލާން ކުރަމެވެ. މިއަހަރުގެ ޢުމްރާ ދަތުރަށް މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ -/39,965 (ތިރީސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަހެއް) ދިވެހިރުފިޔާއެވެ. މި ކޯޕަރޭޝަންގެ ޢުމްރާ ދަތުރު އޮންނާނީ ރަމަޟާންމަހުގެ ފަހު ފަނަރައިގައެވެ.

ފޯމާއި ފައިސާ ބަލައިގަތުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:15 އިން ފެށިގެން 13:00 ގެ ނިޔަލަށް ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3011000 އަށް ގުޅުއްވުން އެދެމެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ