ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަސައްކަތް |
ވެރިފަރާތް |
ޕްރޮޖެކްޓް ނަންބަރު |
ބިޑް ސެކިޔުރިޓީ އަދަދު |
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް |
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
TES/2016/W-55 |
-/80,000ރ |
ސ.ހުޅުމީދޫ ފަޔަރ ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތް |
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ |
TES/2016/W-54 |
-/50,000ރ |
2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަންވާނެއެވެ.
3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
GC01-1 އަދި GC01-2
4. މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 27 މާރިޗު 2016 އިން 24 އޭޕްރިލް 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
5. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
6. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
7. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 13:00 ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
8. ބީލަން ހުޅުވުން އޮންނާނީ 2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349102 3349106
ފެކްސް: 3320706 3324432
އީމެއިލް: [email protected]
ކޮޕީ: [email protected]