މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސެކިޔުރިޓީ ބެލެހެއްޓުން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީން ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ޤާއިމްކުރަމުންދާ އިކޯ-ޓޫރިޒަމް ފެސިލިޓީގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ތިރީގައިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:

ޕާކް ވާޑަންސް (ވަގުތީ)

ބޭނުންވާ އަދަދު:

3 (ތިނެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އިކޯ-ޓުއަރިޒަމް ފެސިލިޓީ (ހިތަދޫ އީދިގަލި ކިޅި)

އަސާސީ މުސާރަ:

މަހަކު -/3،875 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

ކަނޑައެޅިފައިވާ އުސޫލުގެމަތިން ކޮއްތު ފައިސާއާއި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1.  ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ޤާއިމުކުރަމުންދާ އިކޯ-ޓޫރިޒަމް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް،މި މިނިސްޓްރީންނާއި، އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާ ޝިފްޓް ޑިއުޓީ އުސޫލެއްގެމަތިން ބެލެހެއްޓުން؛

2.   ޑިއުޓީ ގަޑީގައި ކޮންމެ 120 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގައި ބަލައި ޗެކްކުރުން؛

3.  ފެސިލިޓީގެ އެއްވެސް ހަޓަކަށް ނުވަތަ ފެންސަކަށް ނުވަތަ ސަރަހައްދަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް ސިޓީ ކައުންސިލްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.

4.  ގަވާއިދާ ޚިލާފަށް  އިކޯ-ޓޫރިޒަމް ފެސިލިޓީ ސަރަހައްދަށް ވަނުމާއި، މި ސަރަހައްދަށް ކުނިއެޅުމާއި ނުވަތަ މި ސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ، އެފަދަ ކަންތައް ހުއްޓުވުމާއި، ގަވާއިދާ ޚިލާފުކަމެއް ހިނގާނަމަ، އެކަމެއް ވަގުތުން ސިޓީ ކައުންސިލަށް ރިޕޯޓްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) އަސާސީ ތަޢުލީމު ފެންވަރު ހުރުން؛

(ށ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހަކުކަމުގައި ވުން؛

(ރ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.      މަޤާމަށް އެދި ހުށަހަޅާ ސިޓީ.

2.      ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

3.      މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

1.      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ.

2.      އިންޓަވިއު.

3.      މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު.

އިތުރު މަޢުލޫމާތު:

މި  މަޤާމުތަކަށް  މީހުން  ޢައްޔަނުކުރެވޭނީ،  12 (ބާރަ)  މަސްދުވަހުގެ  މުއްދަތަށެވެ.  މި  މަޤާމުތަކަށް  ހޮވޭ  ފަރާތްތަކުން، އެޕްރީލް 2016 ގައި މަސައްކަތް ފަށަންޖެހޭނެއެވެ.

ސުންގަޑި:

2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 14:00

 ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ