ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕެޓްރޯލް އަދި ޑީސަލް ވިއްކުމަށް ކުލީ ބިން ދޫކުރުން

އިޢުލާން

ޕެޓްރޯލް އަދި ޑީސަލް ވިއްކުމަށް ކުލީ ބިން ދޫކުރުން

މިރަށުގައި ޕެޓްރޯލް އަދި ޑީސަލް ވިއްކުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން 17 އެޕްރީލް 2016 ވަނަދުވަހުގެ 10:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމު މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 28 މާރޗް 2016 އިން ފެށިގެން 10 އެޕްރީލް 2016ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބައްލަވައިގަންނަވާ ފޯމާއެކު ބިން ކުއްޔަށް ހިފުމާބެހޭ މަޢުލޫމާތުޝީޓު ލިބިވަޑައިގަންނަވާނެއެވެ. ކޮންމެ ބިމަކަށް ވަކި ފޯމެއް ބައްލަވައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު ޢާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މިދަންނަވާ ބިންބިމެވެ.

  1. ބިމުގެ ނަންބަރު 47.1 ، 2000 އަކަފޫޓު
  2. ބިމުގެ ނަންބަރު 47.2 ، 2000 އަކަފޫޓު

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓްގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑުގެ ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓް ގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓްގެ ރަޖިސްޓަރީގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުން ބަދަލުގައި މީހަކު ފޮނުއްވައިގެން ހުށަހަޅާނަމަ ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމް ހިފައިގެން ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ