މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރިންސިޕަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރިންސިޕަލް

މަޤާމުގެ ގިންތި: ދާއިމީ

މަޤާމް އޮތް އޮފީހާއި، ބޭނުންވާ އަދަދާއި، ވަޒީފާ އަދާކުރާ ތަން:

މަޤާމް އޮތް އޮފީސް

ބޭނުންވާ އަދަދު

ވަޒީފާ އަދާކުރާ ތަން

ގދ. ނަޑެއްލާ ސްކޫލް

1 (އެކެއް)

ގދ. ނަޑެއްލާ ސްކޫލް

ގދ. އަބޫބަކުރު ސްކޫލް

1 (އެކެއް)

ގދ. އަބޫބަކުރު ސްކޫލް

މ. މަޑުއްވަރީ ސްކޫލް

1 (އެކެއް)

މ. މަޑުއްވަރީ ސްކޫލް

ވަޒީފާގެ މަސްއޫލިއްޔަތު:

1- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތަކާއި، ޤައުމީ މަންހަޖާ އެއްގޮތްވާ ގޮތުގެ މަތިން އުނގަންނައިދިނުމުގެ ހަރަކާތްތައް ރާވައި ހިންގުން.

2- ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކޮށް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް ހަރަކާތްތައް ރާވައި ހިންގުން.

3- ދަރިވަރުންގެ ކިބައިގައި ދީނީ އަދި އަޚްލާޤީ ރަނގަޅު  އާދަތައް ހަރުލެއްވުމަށް ހަރަކާތްތައް ރާވައި ހިންގުން.

4- ވަށާޖެހިފައިވާ ތަޢުލީމަށް މަގުފަހިވާނެހެން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުން.

5- ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާވައި ހިންގުން.

6- ދަރިވަރުންނަށް ފައިދާވާނެހެން ސްކޫލުގެ ހަރަކާތްތައް ރާވައި ތަންފީޒުކުރުން.

7- ސްކޫލުގެ ވިޝަން، މިޝަން، ސްކޫލުން ދެކޭގޮތާއި، ފިލޯސަފީ އެކަށައަޅައި އެކުލަވައިލުން.

8- ރަނގަޅު ފެންވަރެއްގައި އުނގެނުމަށާއި ކިޔަވައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

9- ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ސްކޫލުގެ އިމާރާތްތަކާއި ފައިސާގެ ކަންކަން ބެލެހެއްޓުން.

10- ބެލެނިވެރިންނާއި ސްކޫލާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމްކޮށް، އެ ގުޅުން ދެމެހެއްޓުން.

11- ކަންކަން ނިންމުމުގައި ހުރިހާ ދަރިވަރުންނަށް ހަމަހަމަގޮތެއްގައި ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން.

12- ސްކޫލުގެ ކިޔަވައިދިނުމާ ގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުން.

13- ސްކޫލުގެ ސީނިއަރ މެނޭޖްމެންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ބެލެހެއްޓުން.

14- ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރުބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

15- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް ބެލެނިވެރިންނާއި ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

16- ސްކޫލް މާޙައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާޙައުލަކަށް ހެދުން.

17- ސްކޫލުގެ މާޙައުލު، ވަކިން ޚާއްޞަކޮށް ކްލާސްރޫމަކީ އުނގެނުމަށް މަގުފަހިވާ ތަނަކަށް ހެދުން.

18- ސްކޫލުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި ރެކޯޑްކުރުމާއެކު، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.

19- ސްކޫލުގެ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.

20- ސްކޫލުގެ އެކިކަންކަމާ ބެހޭގޮތުން ބެލެނިވެރިންނަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރަމުން ގެންދިއުން.

21- ސްކޫލުގެ ރެކޯޑްތައް ބެލެހެއްޓުން.

22- ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ކުރަމުންގެންދާކަން ކަށަވަރުކުރުން.

23- ޕްރިންސިޕަލަކީ ސްކޫލް ހިންގުމާ ހަވާލުކުރެވޭ އެންމެ އިސްފަރާތަށްވުމާއެކު، ސްކޫލުން ރާވައި ހިންގާ ހުރިހާ ހަރަކާތްތަކެއްގެ ފުރިހަމަ ޒިންމާ، ޕްރިންސިޕަލް އުފުލަން ޖެހޭނެއެވެ.

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމުގެ

ނަން

މަޤާމުގެ

ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

ޕްރިންސިޕަލް

 

MS2

 

ޓީޗިންގ ސަރވިސް އޮފިސަރ 3

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު -/6،295 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

 

ޕްރިންސިޕަލް

 

MS3

 

ޓީޗިންގ ސަރވިސް އޮފިސަރ 4

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު -/7،035 ރުފިޔާ

 

 

މަހަކު -/2،500 ރުފިޔާ

 

 

ޕްރިންސިޕަލް

 

MS4

 

ޓީޗިންގ ސަރވިސް އޮފިސަރ 5

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު -/7،875 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

 

ޕްރިންސިޕަލް

 

EX1

 

ޓީޗިންގ ސަރވިސް އޮފިސަރ 6

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު -/8،835 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

 

ޕްރިންސިޕަލް

 

EX2

 

ޓީޗިންގ ސަރވިސް އޮފިސަރ 7

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 7  ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު -/9،890 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

 

 

ޕްރިންސިޕަލް

 

EX3

 

ޓީޗިންގ ސަރވިސް އޮފިސަރ 8

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު -/11،065 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

 

ޕްރިންސިޕަލް

 

EX4

 

ޓީޗިންގ ސަރވިސް އޮފިސަރ 9

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

-/މަހަކު -/12،400 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

 

ޕްރިންސިޕަލް

 

EX5

 

ޓީޗިންގ ސަރވިސް އޮފިސަރ 10

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު -/13،890 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

 

ޕްރިންސިޕަލް

 

EX6

 

ޓީޗިންގ ސަރވިސް އޮފިސަރ 11

- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު -/15،560 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ހަމަޖެހިފައިވާ ގޮތުގެ މަތިން ޓެނުއަރޝިޕް.

4. ހަމަޖެހިފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ،  މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައެވެ. 

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް، www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

2016 އެޕްރީލް 5 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓް:   

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

..........................................

14 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ