އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލް ދޮވެ ސާފުކޮށް އަދި މެއިންޓެނަންސް މަސައްކަތް ކޮށްދޭނެ ފަރާތެއް

ބިޑް ނަންބަރު: AI/BID/2016/012

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުންފުނީގެ ވެހިކަލް ދޮވެ ސާފުކޮށް އަދި މެއިންޓެނަންސް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް (އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ 04 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން މިކުންފުންޏަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

07 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016
ހޯދާ