މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައިމިވާ މަޤާމުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށްދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޝުއަރެންސް ސުޕަރވިޜަން ސެކްޝަން / އިންޝުއަރެންސް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި، ތަޖުރިބާއާއި، ހުނަރު:

  • އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސްގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން ބީ ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިންޝުއަރެންސްގެ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި، އެކައުންޓިންގ އެންޑް ފައިނޭސްގެ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިންޝުއަރެންސްގެ ޚިދުމަތްދޭ ތަންތަނަށް ލައިސަންސް ދިނުމާއި، ރެގިއުލޭޓްކުރުމާއި، ސުޕަވައިޒުކުރުން.
  • އިންޝުއަރެންސްގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް، ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެދިނުން.

 

ހުނަރުވެރިކަން: 

  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަޢުލޫމާތު އެއްކޮށް ދިރާސާކޮށްގެން ރިޕޯޓް ލިޔުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލްކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • އަމިއްލަ އިސްނެގުމާއެކު، މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީން ލިބެން ހުންނާއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. )
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި:

2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް

ނޯޓް:

މި ވަޒީފާއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 5 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ