މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޢިއުލާން

 އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުން:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2  

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ                     

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލްތަކުގެ އަހަރީ ބަޖެޓް އެކުލަވައިލުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކަމާގުޅޭ ފަރާތްތަކަށް އެހީތެރިވުމުގެގޮތުން ބަދަލުކުރެވޭ ލިޔެކިޔުންތަކާއި މަޢުލޫމާތުތައް ފައިލުކޮށް ބެލެހެއްޓުން.
  2. ޔުނިޓްގެދަށުން ހިނގާ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމުތައް ސުޕަވައިޒަރުގެ ބެލުމުގެދަށުން ފުރައި ސުޕަވައިޒަރާއި މުވައްޒަފު ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރުމަށްފަހު، ފޯމުތައް ފައިލުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  3. ސްކޫލު އުމުރުފުރައިގެ ދަރިވަރުންގެ ތެރެއިން ސްކޫލަށްނުދާ ކުދިންގެ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމާއި، މިފަދަ ދަރިވަރުން ސްކޫލަށް ކިޔަވަން ގެނައުމަށް ހިންގާ ހަރަކާތްތައް ސްކޫލްތަކާއި ދާއިރާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހިންގުމުގައި ކުރަންޖެހޭ ކަންކަން ސުޕަވައިޒަރުގެ މަޝްވަރާގެދަށުން ކުރުން.
  4. ދަރިވަރުންގެ ކުރިއެރުމާބެހޭ ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތާ ގުޅިގެން ޔުނިޓުން ކުރާ ދިރާސާތައް ކުރުމުގައި ކުރަންޖެހޭ ކަންކަން ސުޕަވައިޒަރުގެ މަޝްވަރާގެދަށުން ކުރުން.
  5. ސްކޫލްތަކުގެ ނަތީޖާއާއި އިމާރާތްތަކާއި ވަސީލަތްތަކުގެ ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތަށް ބޭނުންވާ ދިރާސާ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް، ސުޕަވައިޒަރުގެ މަޝްވަރާގެދަށުން ކުރުން.
  6. ސްކޫލްތަކުގެ އިންޓަރނަލްއާއި އެކްސްޓަރނަލް ސުޕަވިޜަނުގައި ބަރާބަރު ސްކޫލް އިންޑިކޭޓަރޒްއަށް ޢަމަލުކުރޭތޯ ބަލައި، ކަށަވަރުކުރުމުގައި ކުރަންޖެހޭ ކަންކަން ސުޕަވައިޒަރުގެ މަޝްވަރާގެދަށުން ކުރުން.
  7. އަތޮޅުތަކުގެ  ސްކޫލްތަކުން  ކޮންމެ  މަހަކު  ތައްޔާރުކުރަންޖެހޭ  މުސާރަ ޝީޓު  ތައްޔާރުކޮށް،  ކޮންމެ  މަހެއްގެ 20  ވަނަ  ދުވަހުގެ  ކުރިން  މިނިސްޓްރީގެ ސީ. ސެކްޝަނަށް ފޮނުވާތޯ ކަށަވަރުކޮށް އެ މަޢުލޫމާތު ސުޕަވައިޒަރަށް ލިޔުމުން ދިނުން.

މަޤާމުގެ ޝަރުޠު:                                              

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "އީ"  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކެންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 7 އެޕްރީލް 2016 އާއި 31 އެޕްރީލް 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ (8 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 6 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

 14 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ