ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން                                       

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ޑްރައިވަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ޑިވިޜަން:

ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކްސް ޑިވިޜަން

މަސައްކަތް ކުރާތަން:

ހެޑް އޮފީސް / މާލެ

މުސާރައާއި ޢިނާޔަތްތައް:

މަހަކު -/4،700 ރުފިޔާ

ސަރވިސް އެލަވަންސް:

މުސާރައިގެ %30

ހާޒިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

މުސާރައިގެ %50 (ހަމަޖެހިފައިވާ އުސޫލުން)

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ސީ ވަން (1) ގެ ލައިސަންސް އޮތް މީހެއްކަމުގައި ވުން.

(ށ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ؛

(ނ) މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

(ރ) އުމުރާއި ޞިއްޙަތުގެގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކުކަމުގައިވުން.

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 9:00 - 16:00 އަށް ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތްނަމަ، މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން، 2016 މާރިޗު 30 ވާ ބުދަދުވަހުގެ 15:00 ގެ ކުރިން، އެޕްލިކޭޝަން ފޯމާއި، ސީ.ވީއާއި، އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި, އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކާއި، 3 މަސްދުވަސް ހަމަވެފައި ނުވާ ޕޮލިސް ރިޕޯޓް، ތިރީގައިމިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ފޯނު ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

އީމެއިލް: [email protected]

 15 ޖުމާދަލްއާޚިރާ 1437

 
24 މާރިޗު 2016
ހޯދާ