މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ރައްކާކުރުމަށްޓަކައި ދަގަނޑުތާނގީ ބޭނުންވެއްޖެ

އިޢުލާން

ތެޔޮ ރައްކާކުރުމަށްޓަކައި ދަގަނޑު ތާނގީ ބޭނުންވެއްޖެ.

މިކައުންސިލުގެ ނަންބަރު PS/283/2016/10-ފ283(IUL) (18 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން މިއިދާރާއިން ފޯރުކޮށްދެވުނު މަޢުލޫމާތުގައި މައްސަލަތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީއާއި، އިޢުލާނާ ގުޅިގެން ހުށަހެޅުނު އަގުތައް ބޮޑުކަމަށްފެންނާތީ އެއިޢުލާނު ބާޠިލުކޮށްފީމެވެ.

ވީމާ، މިއިދާރާއިން ދައްކާ ބިމެއްގައި 80 ހާސް ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ދަގަނޑުތާނގީއެއް ނުވަތަ 80 ހާސް ލީޓަރ ރައްކާކުރެވޭވަރުގެ ދަގަނޑު ކެޕްސޫލްތަކެއް ބަހައްޓައިދޭން ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6540052 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރުމަށްފަހު، 30 މާރިޗު 2016 ވަނަދުވަހުގެ 13:00 އަށް މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަދި އަގު ހުށަހަޅުއްވާއިރު ހުށަހަޅާ ތާނގީ ނުވަތަ ކެޕްސޫލުގެ ކުރެހުމާއެކު ފޮނުއްވުން އެދެމެވެ.

14 ޖުމާދަލްއާޚިރާ 1437

23 މާރިޗު 2016
ހޯދާ