ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރާގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު            

މަޤާމުގެ ނަންބަރު:

J-228976

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސަރވިސް

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ތަޢުލީމާއި، ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަސައްކަތުގެ ހުނަރާއި، ޤާބިލުކަން ލިބިފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:

1- ކައުންސިލްގެ އިދާރާގެ އިމާރާތާއި، ގޯތިތެރެއާއި، އިންވެގެންވާ މަގުތައް ފޮޅައި ސާފުކުރުން.

2- ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުން.

3- ކައުންސިލްގެ އިދާރާގެ އިމާރާތާއި، ކައުންސިލުން ބަލަހައްޓާ އިމާރާތްތަކާއި ތަންތަން ފޮޅައި ސާފުކޮށް ބެލެހެއްޓުން.

4- ކައުންސިލްގެ އިދާރާގެ އިމާރާތްތަކުގައިވާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

5- ކައުންސިލްގެ އިދާރާއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ބެހުން.

6- ކައުންސިލްގެ އިދާރާއަށް ހުށައެޅޭ ބައެއް މައްސަލަތަކުގައި ހާޒިރުކުރަންޖެހޭ މީހުން ކައުންސިލްގެ އިދާރާއަށް ހާޒިރު ކުރުވުމުގައި އެހީތެރިވެދީ، އެފަރާތްތަކަށް ޗިޓް ހަވާލުކުރުން.

7- ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ހައްދާ ގަސްތަކަށާއި ރުއްތަކަށާއި ބަގީޗާއަށް ފެންދިނުމާއި، ކޮށަންޖެހޭ ގަސްތައް ކޮށުމާއި، ބަގީޗާ ސާފުކޮށް ބެލެހެއްޓުން.

8- ކައުންސިލްގެ އިދާރާއިން ހިންގާ މުހިންމު ކަންކަމުގައި ކުރަންޖެހޭ ކަންކަން ކުރުން.

9- ކައުންސިލްގެ އިދާރާއާއި އިދާރާގެ  ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ މުދަލާއި ތަކެތި ފަރުވާތެރިކަމާއެކު ފޮޅައި ސާފުކޮށް ބެލެހެއްޓުން.

10- އެކިއެކި ބައްދަލުވުންތަކުގެ ބައިވެރިންނަށް ފިނިހިއްޕެވުން ތައްޔާރުކޮށް، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

11- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ހދ. ކުމުންދޫ ކައުންސިލްގެ އިދާރާގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާ ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލުކުރެވޭ މުއްދަތެއްގައި، ހަމަޖެހިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކުރުން.

12- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހައި ކަންތައްތަކަށް އަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިޔު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް  ކުރިމަތިލުމަށް  ޝައުޤުވެރިވާ  ފަރާތްތަކުން، 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން،  ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)  

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6520034  ނަންބަރު   ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520034 އެވެ. އީމެއިލް އެޑްރެހަކީ،[email protected] އެވެ.

14 ޖުމާދަލްއާޚިރާ 1437

23 މާރިޗު 2016
ހޯދާ