ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު

އިޢުލާން

ޏ. އަތޮޅު ހޮސްޕިޓަލުގެ އިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

މި ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލު ހިމެނޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:30 އަށް މިހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

11 ޖުމާދަލްއާޚިރާ 1437

20 މާރިޗު 2016
ހޯދާ