ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ކޯޕަރޭޓިވް އެފެއާޒް

ސެކްޝަން:

ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު -/4،465 ރުފިޔާ

މުސާރަ:

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން ސެކެންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

1. ކައުންސިލަރުންގެ އާންމު ބައްދަލުވުންތަކުގެ އެޖެންޑާ ލިޔެ މެންބަރުންނާ ޙަވާލުކުރުމާއި، އެޖެންޑާ ނޯޓިސްބޯޑަށް ނެރެ އާންމުކުރުން.

2. ކައުންސިލަރުންގެ އާންމު ބައްދަލުވުމުގެ ނިންމުންތައް ދުވަހުން ދުވަހަށް ލިޔެ މެންބަރުން ލައްވައި ސޮއިކުރުވުމަށްފަހު، ޒިންމާދާރުވެރިޔާއާ ހަވާލުކުރުމާއި، އެ ލިޔުންތައް އާންމުކުރުމަށްޓަކައި ނޯޓިސްބޯޑަށް ނެރުން.

3. ކައުންސިލަރުންގެ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ނިންމުން.

4. ކައުންސިލް އިދާރާގެ ބަޖެޓް ތައްޔާރުކޮށް ކައުންސިލަރުންނަށް ހުށަހަޅާ ނިންމުމަށްފަހު، ބަޖެޓް ފާސްކުރަންޖެހޭ މުއްދަތަށް އެކަން ނިންމައި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

5. ކައުންސިލް އިދާރާ ހިނގިގޮތުގެ 6 މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް، ހަމަޖެހިފައިވާ ތާރީޚަށް، ކަމާބެހޭ ފަރާތަށް ފޮނުވުން.

6. ކައުންސިލް އިދާރާ ހިނގިގޮތުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް، ހަމަޖެހިފައިވާ ތާރީޚަށް ކަމާބެހޭ ފަރާތަށް ފޮނުވުން.

7. ކައުންސިލަރުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުމަށްފަހު، މަހުން މަހަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

8. ކައުންސިލް މެންބަރުންގެ އާންމު ބައްދަލުވުމަށާއި، ކުއްލި ބައްދަލުވުންތަކަށް ތައްޔާރުވެ ބައްދަލުވުން ބާއްވާތަން ތައްޔާރުކުރުމަށްފަހު، ބައްދަލުވުމުގެ ލިޔެކިޔުންތައް ލިޔެ، އެ ކަމާބެހޭ އެންމެހައި ކަންތައްތައް ކުރުން.

9. ކައުންސިލް މެންބަރުން ކޮންމެ ދުވަހަކު ބާއްވާ ބްރީފިން މީޓީންއަށް ވަދެ، އެކަމުގެ ޔައުމިއްޔާ  ދުވަހުން ދުވަހަށް ލިޔެ ނިންމައި، ކައުންސިލް އިދާރާގެ ރައީސް ލައްވައި ސޮއިކުރުވުމަށްފަހު، ޒިންމާދާރުވެރިޔާއާ ހަވާލުކުރުން.

10. ކައުންސިލް މެންބަރުންގެ އާންމު ބައްދަލުވުމަށް ބޭނުންވާ ހުރިހާ ލިޔެކިއުންތައް ނިންމުމަށްފަހު އެ ލިޔެކިއުންތައް ކައުންސިލްގެ ރައީސާ ހަވާލުކުރުން.

11. ކައުންސިލް އިދާރާގެ ބިއުރޯއިން ކުރަންޖެހޭ އެންމެހައި ކަންތައްތައްކޮށް ނިންމުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3 ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އިންޓަވިއު އޮންނާނީ، 17 އެޕްރީލް 2016 އިން ފެށިގެން 20 އޭޕްރީލް 2016 ވަނަ ދުވަހުގެ ނިޔަލަށެވެ. އިންޓަވިއު އޮންނާނީ، ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިއަކީ، ކޮންމެ ރެއެއްގެ 20:45 އިން 23:00 އަށެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

7 އެޕްރީލް 2016 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން، ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މަހުންމަހަށް ދެވޭ މުސާރަ: -/4465 ރުފިޔާ

- ސަރވިސް އެލަވަންސް: -/1500 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހު ދެވޭ ޢިނާޔަތުގެ ފައިސާ ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، ނޮޅިވަރަންފަރު ކައުންސިލް އިދާރާއިންނެވެ.)

2. ސިވިލް  ސަރވިސްއަށް /  ސަރުކާރަށް  ޚިދުމަތްކުރުމުގެ  އެއްބަސްވުމެއް  އޮތް  މުވައްޒަފަކު މި މަޤާމަށް ކުރިލަތިލައިގެން މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6520045 ނަންބަރު ފޯނަށް ނުވަތަ 9918238 ނަންބަރު ފޯނާއެވެ. އީމެއިލްކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

14 ޖުމާދަލްއާޚިރާ 1437

23 މާރިޗު 2016
ހޯދާ