އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެބްސައިޓް ޑިވެލޮޕް ކުރުން

އިޢުލާން

އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓް ޑިވެލޮޕް ކުރުން

އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓް ޑިވެލޮޕް ކުރުމަށް ބޭނުންވާތީ މިމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

12 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016
ހޯދާ