މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ކިޔަވައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ކިޔަވައިދޭނެ ފަރާތެއް ހޯދުމާގުޅޭ:

މި ސަރވިސްގެ ނަންބަރު: 04/CC/PR/1/2016-ފ167(IUL) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ޖަލުތަކުގައި ތިބި ޤައިދީން އޯލެވެލް އަދި އެސް.އެސް.އީ އިމްތިޙާނަށް ތައްޔާރުކުރުމަށްޓަކައި ކިޔަވައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

03 އެޕްރީލް 2016

އާދީއްތަ

11:00

އަންދާސީހިސާބު ހުށަހެޅުން

07 އެޕްރީލް 2016

ބުރާސްފަތި

11:00

14 ޖުމާދަލްއާޚިރާ 1437

23 މާރިޗު 2016
ހޯދާ