ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރެއިންނިންގ ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ ރަށްތަކުގެ ދަނޑުވެރިންނަށާއި މަސްވެރިންނަށް އަމާޒުކޮށް ޓްރެއިންނިންގ ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމާބެހޭ

ހުވަދުއަތޮޅު ދެކުނުބުރީގެ ރަށްތަކުގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރައްވަމުންގެންދަވާ މަސައްކަތްތެރީންނަށް އަމާޒުކޮށް، މަސައްކަތްތައް ރާވައި ހިންގުމާއި އަދި ފައިސާ މެނޭޖްކޮށް ބަލަހައްޓާނެ ފުރިހަމަ ގޮތްތަކަށް މަސައްކަތްތެރިން އަހުލުވެރިކުރުމަށް ޓްރެއިނިންގ ޕްރޮގްރާމެއް މިއަތޮޅުގެ ރަށްރަށުގައި ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

11 ޖުމާދަލްއާޚިރާ 1437  

20 މާރިޗު 2016
ހޯދާ