ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ދޮރުފޮތި ހަދައި ހަރުކޮށްދިނުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ދޮރުފޮތި ހަދައި ހަރުކޮށްދިނުމަށް މި މަދަރުސާއިން ކުރެވުނު އިޢުލާނަށް (GS113/2016/020) އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް އައިސްފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. މިމަދަރުސާގެ ލައިބްރަރީ އަދި 2 ކްލާސްރޫމުގެ ދޮރުފޮތި ތައްޔާރުކޮށް ރީލިންގ ފައްޗާއެކު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަދަދު

ތަފުސީލު

16

4 ދޮރުފަތްލީ ކުޑަދޮރު (ދިގުމިން 5 ފޫޓު 5 އިންޗި x ފުޅާމިން 4 ފޫޓު)

2 ދޮރުފަތްލީ ކުޑަދޮރު (ދިގުމިން 5 ފޫޓު 5 އިންޗި x  ފުޅާމިން 7 ފޫޓު)

ވީމާ، މިތަކެތި އަމިއްލަ ތަކެތީގައި ހައްދަވައި ދެއްވުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރިޚުގެ ދެންނެވިފައިވާ ގަޑިއަށް މި މަދަރުސާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބުތައް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 މާރިޗު 30 ވާ ބުދަ 11:00

2016 އެޕްރީލް 04 ވާ ހޯމަ 11:00

ބިޑްތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:

އަގަށް

65 ޕޮއިންޓް

މުއްދަތު

15 ޕޮއިންޓް

މާލީ ޤާބިލުކަން

10 ޕޮއިންޓް

ތަޖުރިބާ

10 ޕޮއިންޓް

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

06 ޖުމާދަލްއާޚިރާ‏ 1437

 
15 މާރިޗު 2016
ހޯދާ