ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ:

މި ސްކޫލުގެ މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 14 ފެބުރުވަރީ 2016 ގައި ކުރެވުނު GS-65-A/2016/12 ނަންބަރުގެ އިޢުލާނުގައި ހިމެނިފައިވާ ޝަރުޠުތަކަކީ 1 މެއި 2015 އިން ފެށިގެން ޢަމަލުކުރަން ފެށި އިދާރީ ދާއިރާތަކުގެ ވަޒިފާގެ އޮނިގަނޑުގައިވާ ޝަރުޠުތައްކަމަށް ނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަސައްކަތު

މަޤާމް:

އެސް. އެސް. 1 

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

1 (އެކެއް)

ބޭނުންވާ އަދަދު:

188-OD/22/2016/9

މަޤާމުގެ ނަންބަރު:

ތ. ވިލުފުށި

ވަޒިފާ އަދާކުރަންޖެހޭ ރަށް:

 

ވިލުފުށީ ސްކޫލް، އެޑްމިން ސެކްޝަން

ވަޒިފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:

މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.

 

މުސާރައާއި ޢިނާޔަތްތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ ޝަރުޠު:

1. ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީކުރުން.

2. ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ، ކުރަހާފައިވާ ތަކެތި ސާފުކުރުމާއި، ތަށިމުށި ޖަހާފައިވާ ކްލާހެއް ސާފުކުރާނަމަ، ދުވާލަކު  އެއްފަހަރު މޮޕް  އަޅައި  ސާފުކުރުން.

3. ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަހައްދުން ކުނިނަގައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.

4. ސްކޫލުގެ އޮފީސް، ސްޓާފް ރޫމު، އެކަޑަމިކް ސެކްޝަން، ކޮމްޕިއުޓަރ ލެބް، ލައިބްރަރީއާއި އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުމާއި، ހަވާލުރިވިފައިވާ ފާޚާނާތައް ދޮވެ ސާފުކުރުން.

5. ގޯތިތެރެއަށް ފެންޖަހައި، ގަސްތަކަށް ފެންދިނުން.

6. އެމީހެއްގެ ޑިއުޓީގައި، އޮފީހާއި ސްޓާފްރޫމުގައި ފެންއަޅަންޖެހޭ ކޫލަރުތަކަށް ބޯފެން އަޅާފައި ބެހެއްޓުން.

7. ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެންނެވެ.

8. އެމީހެއްގެ ޑިއުޓީގައި، ސެޝަން ނިމުމުން، ދިދަ ތިރިކޮށް، ދިދަ ރައްކާކުރުން.

ހަފްތާއަކު އެއްފަހަރު ކުރަންޖެހޭ ކަންތައް:

1. ހަވާލުކުރެވިފައިވާ ކުލާސްތަކާއި އެހެނިހެން ތަންތާނގެ ދޮރުތަކާއި، ދޮރުފަތްތަކާއި، ބިއްލޫރިތަކާއި، ފަންކާތައް ސާފުކުރުމާއި، ފެންފޮތިލައި ސާފުކުރަންޖެހޭ ތަންތަން އެގޮތަށް ސާފުކުރުން. ބިއްލޫރި ސާފުކުރަންވާނީ ސާފުކުރަން ބޭނުންކުރާ ކެމިކަލް ބޭނުންކޮށްގެންނެވެ.

2. ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ޑެސްކުތައް ޗެކްކޮށް، މަރާމާތަށް ބޭނުންވާ ތަކެތި، ފައިސާއާބެހޭ ވެރިއަކަށް އެކަމުގެ މަޢުލޫމާތު ދިނުން.

ޓާމަކު އެއްފަހަރު ކުރަންޖެހޭ ކަންތައް:

1. ހަވާލުކުރެވިފައިވާ ކުލާސްތަކުން މަކުނުވާތައް ފޮޅުން.

2. ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑަށް ފެންޖަހައި، ދޮވެ، ސާފުކުރުން.

އެހެނިހެން ކަންތައް:

1. ޑިއުޓީގައި ސުޕަވައިޒަރުން އަންގަވާ ކަންތައް ކުރުން.

2. ރަސްމީ ގަޑިތައް ފިޔަވައި ސްކޫލުގައި ހިންގާ އެހެނިހެން ކަންކަމުގައި އަންގައިފިނަމަ ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވުން.

3. ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުންކުރުމާއި އެތަކެއްޗަށް ގެއްލުމެއްނުދީ ބެލެހެއްޓުން.

4. ޒަރޫރީ ބޭނުމެއް ދިމާވެގެން ބޭރަށް ދާންވާން ޖެހިއްޖެ ހާލަތެއްގައި ހަވާލުވެ ހުންނަވާ  އެޑްމިނިސްޓްރޭޓިވް އޮފިސަރު މެދުވެރިކޮށް އިސްވެރިޔާއަށް ދެންނެވުމަށްފަހު، ހުއްދަ ހޯދައި، ބޭރަށްދާ ފޮތުގައި، ބޭރަށްދާ ސަބަބު ބަޔާންކޮށް ލިޔެ ސޮއިކުރުމަށްފަހު ނޫނީ ބޭރަށް ނުދިޔުން.

5. ރަސްމީގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާ ބެހޭ މަޢުލޫމާތު އޮފީހަށް ދިނުން.

6. ހޯލުގައި ތަކެތި އެތުރުމަކީ ސަޕޯޓް ސްޓާފުން ކުރަންޖެހޭ ކަމަކަށްވާތީ، ހޯލުގަައި ތަކެތި އެތުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.

7. މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ، އޭނާ ކުރަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ އުޞޫލުން ކުރުން.

8. ސްކޫލުގެ މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްތަކުގައި ސްކޫލު ފިޔަވައި އެހެންތަނަކުން އިންތިޒާމްކުރާ ހަރަކާތެއްގައި ބައިވެރިވެ، އެކަމުގައި ހަރަކާތްތެރިވާން ތިޔަ މުވައްޒަފަށް ދަޢުވަތު ދެވިއްޖެނަމަ، އެފަރާތަކުން ސްކޫލަށް އެކަން ރަސްމީގޮތުން ދަންނަވައި ހުއްދަ ހޯދުމުންނޫނީ އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުން.

9. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

- ތަޢުލީމާއި ތަމްރީން.

- މަސައްކަތު ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

- މަސައްކަތު މީހަކު ނެގުމުގައި ފިރިހެނަކަށް އިސްކަންދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ތ. ވިލުފުށީ ސްކޫލުގެ އޮފީހަށެވެ.

ތަކެތި ހުށަހަޅަންވީ ގޮތް:

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ސުންގަޑި:

- މި  މަޤާމަށް  މީހަކު  ހޮވުމަށް  ކުރެވޭ  އިންޓަވިއު  އޮންނާނީ،  2016 އެޕްރީލް 3 އާއި 5 އާ ދެމެދުގައި،  ތ. ވިލުފުށީ ސްކޫލުގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

އިންޓަވިއު ކުރުން:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ވިލުފުށީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 7940633 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ