ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ޑެލިވަރީ ސެކްޝަނަށް ޑެލިވަރީ އެސިސްޓަންޓެއް ބޭނުންވެއްޖެ

މަޤާމް :ޑެލިވަރީ އެސިސްޓަންޓް
ބޭނުންވާ އަދަދު :1

އިޢުލާން

މިކުންފުނީގެ 60-ADM/2016/59 ނަންބަރު އިޢުލާނަށް އެކަށީގެންވާ ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ.

މަޤާމު: ޑެލިވަރީ އެސިސްޓަންޓް ގރ.1  

އަދަދު:01

މުސާރަ:-/3240ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭތަން: ޓްރާނސްޕޯޓް / ޑެލިވަރީ

 

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އަހަރީ ބޯނަސް ދެވޭނެ.

* އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ.

* ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެ.  

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެ.

 

މަޤާމުގެ މަސްއޫލިއްޔަތު:

* ފިހާރަތަކަށް ފޮނުވާ ސިމެންތި، ކާޑުގެ ބާވަތް އަދި އެހެނިހެން ޝިޕްމަންޓްތައް ލޯޑް ކުރުމާއި އަންލޯޑްކުރުން

* ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކްކޮށް ބެލެހެއްޓުން

* ޑެލިވަރީ ކުރާ މުދާ ވެހިކަލަށް އެރުވުމަށް އެހީތެރިވުން

* ގުދަނުގެ އެތެރެއާއި ބޭރު ފޮޅާ ސާފުކުރުންް 

                                          

ތަޢުލީމާއި ތަޖުރިބާ

* ގުރޭޑު 07 ނިންމާފައިވުން

* އިނގިރޭސި އަދި ދިވެހި ބަސް ލިޔަން ކިޔަން އެނގުން.

* ގިނަ ވަގުތު މަސައްކަތުގައި އުޅެވުން.

*  މިހުންނާ ގުޅިގެން މަސައްކަތް ކުރެވޭމީހެއް ކަމުގައިވުން

* މަޤާމާއި ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި، އަދި އެސްޓީއޯގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

 

ނޯޓް:

ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީގެ އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއިއެކުގައެވެ.

މިމަޤާމަށް ހޮވުމުގައި ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލާނެއެވެ.

މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން،  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272     ފެކްސް: 3344041 ވެބްސައިޓް: www.sto.mv  

 

 13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ