މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މިސަރވިސްގައި ބޭނުންކުރާ ސިސްކޯ ސިސްޓަމްތަކަށް 1 އަހަރުދުވަހުގެ ސިސްކޯ ނެޓްލައިސަންސް އަދި ސިސްކޯ ޕަވަރ ސަޕްލައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މިސަރވިސްގައި ބޭނުންކުރާ ސިސްކޯ ސިސްޓަމްތަކަށް 1 އަހަރުދުވަހުގެ ސިސްކޯ ނެޓްލައިސަންސް އަދި ސިސްކޯ ޕަވަރ ސަޕްލައި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/42 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިއަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 މާރިޗު 28 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/400ރ ( ހަތަރުސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓްކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މާރިޗު 29 ވާ އަންގާރަ ދުވަހުގެ 11:30ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 މާރިޗު 29 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  • މިސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/42 އިޢުލާނާ ގުޅިގެން ބީލަންފޮތް ބައްލަވައިގަނެފައިވާ ފަރާތްތަކުން އަލުން ބީލަންފޮތް ބައްލަވައިގަންނަވަން ނުޖެހޭނެވާހަކަ ދަަންނަވަމެވެ. ނަމަވެސް ބިޑް ވިއްކުމަށް ހަމަޖެހިފައިވާ މުއްދަތު ތެރޭގައި އިސްކަންދަރު ބިލްޑިންގއަށް ވަޑައިގެން ނަންނޯޓް ކުރަންވާނެއެވެ. އެމުއްދަތުގެ ތެރޭގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބައްލަވައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
23 މާރިޗު 2016
ހޯދާ