މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓަށް މެނޭޖްމަންޓް ކޮންސަލްޓަންޓެއް ހޯދުމާބެހޭ - ރިވައިސްޑް އިޢުލާން

ޕްރޮޖެކްޓް ނަންބަރު: TES/2016/C-003

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓަށް މެނޭޖްމަންޓް ކޮންސަލްޓެންޓެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓިންގ ފާމެއް ހޯދުމަށް ބޭނުންވެއެވެ.  އަދި މި މަޝްރޫޢުގެ ތެރޭގައި މިޕްރޮޖެކްޓްގެ މަސައްކަތް މެނޭޖްކުރުމާއި، ޑީޓެއިލް ޑިޒައިން ހެދުމާއި، ޕްރޮކިޔުމަންޓުގެ މަސައްކަތާއި، ކޮންސްޓްރަކްޝަން މަސައްކަތް ބަލަހައްޓައި މޮނީޓަރ ކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ މައިގަނޑުގެ މަޤުޞަދަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމަށް ފަސޭހަކަމާއެކު މަގުފަހިކޮށްދިނުމެވެ. މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި ހިއްކާފައިވާ 667 މީޓަރު ދިގުމިނުގެ ބަނދަރެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރުގެ ބޭނުމަށް ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން މެނޭޖްމަންޓް ކޮންސަލްޓެންސީގެ މަސައްކަތަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

މި މަސައްކަތް ކުރުމަށް ހިނގާނެ ކަމަށް ބެލެވޭ މުއްދަތަކީ 26 މަސްދުވަހެވެ. އަދި މި މަސައްކަތަށް ހިނގާނެ ކަމަށް ލަފާކުރާ ބަޖެޓަކީ ޓެކުހާއެކު 880,000.00 އެމެރިކާ ޑޮލަރެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ މެމްބަރު ޤައުމުތަކުގެ ކުންފުނިތަކަށެވެ. މި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު، މިޕްރޮޖެކްޓުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނު އޭ.ޑީ.ބީ ވެބްސައިޓް www.adb.org ގެ ބިޒްނަސް އޮޕޮޗުނިޓީސް ސެކްޝަންގައި ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން ކަނޑައަޅާފައިވާ އޭ.ޑީ.ބީ ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުސޫލުންނެވެ. މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ޕްރޮޕޯޒަލް ސަބްމިޓް ކުރާ ފަރާތްތަކުގެ ތެރެއިން 6 ފަރާތެއް ޝޯޓްލިސްޓްކޮށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ. ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން ހަމަޖައްސާފައިވާ އޭ.ޑީ.ބީ ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުސޫލުންނެވެ. ކޮލިޓީ ޓު ކޮސްޓް ރޭޝިއޯއަކީ 90 : 10 އެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ.

ޓެލެފޯން: 3349104 ، 3349266

ފެކްސް: 3320706 ، 3324432

އީމެއިލް އެޑްރެސް: [email protected]

           [email protected]

23 މާރިޗު 2016
ހޯދާ