މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން

އިޢުލާން

ވަގުތީ ވަޒީފާގެ ފުރުޞަތު

މަޤާމު:

ޕޯސްޓްމަން (ގިނަވެގެން 1 މަސްދުވަހުގެ މުއްދަތަށް. އަދި މަސައްކަތް ހަވާލުކުރާ ފަރާތުން ބޭނުންވާނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)

ބޭނުންވާ އަދަދު:

01

މުސާރަ:

މަސައްކަތަށް ނިކުންނަ ދުވަހަކަށް -/160 ރުފިޔާ (ސަތޭކަ ފަސްދޮޅަސް ރުފިޔާ)

އޮފީސް:

ލ.ފޮނަދޫ ޕޯސްޓް އޮފީސް

މަޤާމުގެ ޝަރުޠު:

  • ތަޢުލީމީގޮތުން ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރި މީހެއްކަމުގައިވުން
  • ހަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭ ފަދަ ޤާބިލު ފަރާތަކަށްވުން
  • އެއްތަނުން އަނެއްތަނަށް މެއިލް އުފުލޭނެ ޞިއްޙަތެއް ހުރި މީހެއްކަމުގައިވުން
  • އަމިއްލަ ދުއްވާއެއްޗެއްގައި އުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (މަސައްކަތަށް ހޮވިއްޖެނަމަ)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ. ލ.ފޮނަދޫން ނަމަ، ލ.ފޮނަދޫ ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009270، 3009271، 3009272، 273،274

ފެކްސް: 3321559

22 މާރިޗު 2016
ހޯދާ