މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް ލައިސެންސިންގ އިމްތިޙާނާ ބެހޭ

އިޢުލާން

މެޑިކަލްލައިސެންސިންގ އިމްތިޙާނާ ބެހޭ

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ މެޑިކަލް ލައިސެންސިންގ އިމްތިޙާން 2016 އެޕްރީލް 10 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާން ދިނުމަށް ހަމަޖެހިފައިވަނީ މެޑިކަލް ކައުންސިލްގައި 2013 ޑިސެންބަރު 31 ގެ ފަހުން ރަޖިސްޓަރީ ކޮށްފައިވާ ދިވެހި އަދި ބިދޭސީ MBBS ޑޮކްޓަރުންނަށެވެ. މި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މި އިމްތިޙާނުގައި އަންނާނެ ބައިތަކާބެހޭ މަޢުުލޫމާތު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ވެބްސައިޓް www.mmc.gov.mv އިން އެނގެން ހުންނާނެވާހަކަވެސް ދެންނެވީމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އެޕްރީލް 05 ގެ 13:00 އެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

14 ޖުމާދަލްއާޚިރާ 1437

23 މާރިޗު 2016
ހޯދާ