ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
'އެމްވީ ބޮންތި' އަށް ސެކަންޑް އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :ސެކަންޑް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ސެކަންޑް އޮފިސަރ

އަދަދު: 01

ކޮންޓްރެކްޓް މުއްދަތު: 09 މަސް

އަސާސީ މުސާރަ: -/10280ރ  

މަސައްކަތް ކުރަންޖެހޭ ތަން: އެމް.ވީ ބޮންތި

އެހެނިހެން އިނާޔަތްތައް:

- ފިކްސްޑް އޯވަރޓައިމް އެލަވަންސް: -/2056ރ

- ފިކްސްޑް އެލަވަންސް: -/3084ރ

- ލީވްވޭޖަސް: -/10280ރ ކޮންޓްރެކްޓް ފުރިހަމަކުރުމުން

- ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެ.

- ޕްރޮބޭޝަނަށްފަހު ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- ނިއަމިކަން ކުރުން އަދި ކާގޯ އަރުވައި ބޭލުމުގެ ކަންތައްތައް ބެލެހެއްޓުން

- ބޯޓުގެ ސަލާމަތީ ސާމާނު މާސްޓަރ އަންގާ ގޮތެއްގެމަތިން ބެލެހެއްޓުން

- ފަޅުވެރިންނާއި، ބޯޓާއި، މުދާ ރައްކާތެރިކޮށް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

- އެޑްވާންސް އޮއިލް ޓޭންކަރ ސެޓުފިކެޓު / ސީއޯސީ / ކޮންޓިނިއުއަސް ޑިސްޗާރޖް ސެޓުފިކެޓު / ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީޒް / އެލިމެންޓްރީ ފަރސްޓް އެއިޑް ސެޓުފިކެޓު / ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ސެޓުފިކެޓު / ޕާރސަނަލް ސަރވައިވަލް ޓެކްނީކްސް ފުރިހަމަކޮށްފައިވުން

- މަސައްކަތާގުޅޭ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން. އަދި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި، އަދި އެސްޓީއޯގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ނޯޓް:

ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގެ އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.

މިމަޤާމަށް ހޮވުމުގައި ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަރވިއުއަށް ބަލާނެއެވެ.

މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272   ވެބްސައިޓް:www.sto.mv

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ