މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އިޢުލާނެއް ބާޠިލުކުރުމާއި، ވެބްސައިޓްގައި ހިމެނޭ ބައިތައް ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި މިނިސްޓްރީގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު E/1/2016/3-ފ13(IUL) އިޢުލާން ބާޠިލުކުރުމާއި، މި މިނިސްޓްރީގެ ވެބްސައިޓުގައި ހިމެނޭ ބައިތައް ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން.

މި މިނިސްޓްރީގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެގެން 17 މާރިޗު 2016 ވަނަ ދުވަހު ކުރެވުނު އިޢުލާން ބާޠިލުކޮށްފީމެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓްގައި ހިމެނޭ ބައިތައް ދިވެހިބަހަށް ތަރުޖަމާކޮށްދިނުމާއި، ލެޓިނުން ލިޔެފައިވާ ބައިތައް އިނގިރޭސިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތަކުން 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 06 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އިޢުލާނު ކުރީމެވެ.

11 ޖުމާދަލްއާޚިރާ 1437

20 މާރިޗު 2016
ހޯދާ