ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ޤައުމީ ފުޓުބޯޅަދަނޑުގެ ޗޭންޖިންގރޫމްތަކާއި އަދި ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: 31/LM/1/2016-ފ141(IUL) (29 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ޔޫތު އެކޮމަޑޭޝަން ބްލޮކް ( ޝަބްނަމް މަގު ) |
ބުދަ |
30 މާރިޗު 2016 |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް) |
ބުދަ |
06 އެޕްރީލް 2016 |
11:00
|
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
11 ޖުމާދަލްއާޚިރާ 1437