ދިވެހިރާއްޖެ
އިޢުލާން
މަސައްކަތު މީހެއްގެ މަޤާމަށް މުވައްޒަފަކު ހޯދުން:
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: މަހަކު -/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ)
ވަޒީފާ އޮތް އޮފީސް: ގދ. މަޑަވެލީ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ގދ. މަޑަވެލީ ސްކޫލް
މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލުގެ އިމާރާތްތަކާއި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުމާއި، ހަވާލުކުރެވިފައިވާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ކްލާސްރޫމްތައް ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުޑަދޮރުތަކާއި، ފެންލައިޓުތަކުގެ ބިއްލޫރި ސާފުކުރުމާއި، ކްލާސްތަކުގެ ގޮނޑިއާއި ޑެސްކުތަކާއި ބޯޑާއި ޑަސްބިން ސާފުކުރުން.
- ފިކްސްޗާސްގެ ހާލަތު ބަލައި ޗެކްކޮށް ރިޕޯޓްކުރުން.
- ސްކޫލުގެ ފާޚާނާތައް ދުވާލަކު ދެފަހަރު ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކަށް ތަން ތައްޔާރުކުރުމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.
މަޤާމުގެ ޝަރުޠު:
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާއެކު، ގިނަވަގުތު މަސައްކަތް ކުރެވޭ މީހެއްކަމުގައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވާނެ ގޮތް:
މަޤާމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، ކަނޑައެޅިފައިވާ މިންގަޑުތަކަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލް ފަރާތްކަމުގައި ހަމަޖެއްސޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، ގދ. މަޑަވެލީ ސްކޫލުގައެވެ. އިންޓަވިއު ކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިއު ބޭއްވޭނެ ތަނާއި، އިންޓަވިއު ކުރުން އޮންނަ ތާރީޚާއި ގަޑި، އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި މި ސްކޫލުން އަންގާނެއެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި މި ސްކޫލުގެ އޮފީހުންވެސް މި ފޯމް ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ''ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު'' ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު، 2016 މާރިޗު 31 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލުގެ އޮފީހަށެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަޑަވެލީ ސްކޫލުގެ 7983090 ނަންބަރު ފޯނަށް ނުވަތަ 9977655 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
11 ޖުމާދަލްއާޚިރާ 1437